ޚަބަރު

ރާއްޖެ އިން ބޭރަށް ފުރާ ފަރާތްތަކުން ދެވަނަ ޑޯޒް ޖަހަން ނަން ނޯޓް ކުރަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ދެން ފޮޓޯ: ޢާލިމް ޢަބްދުއްލަތީފް

ރާއްޖެ އިން ކޮވިޑް-19 ވެކްސިން ޖެހުމަށް ފަހު ރާއްޖެ އިން ބޭރަށް ފުރާ ފަރާތްތަކުން ދެވަނަ ޑޯޒް ޖަހަން ނަން ނޯޓް ކުރަން އަންގައިފިއެވެ.

Ads by Hajj Corporation

އެޗްޕީއޭއިން މިހެން އަންގާފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އެގޮތުން ބޭސްފަރުވާއަށް ނުވަތަ ތަޢުލީމު ހާސިލުކުރުމަށް ޤައުމުން ބޭރަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 8-12 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ ފަރާތްތައް (ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފުތާ ހަމަވެފައިވާނަމަ) ވެކްސިން ޖެހުމަށް ނަން ނޯޓް ކުރަން ނުވަތަ މައުލޫމާތުތައް އީމެއިލް ކުރަން އެދޭކަމަށެވެ.

އެޗްޕީއޭއިން ބުނީ ނަން ނޯޓުކޮށް މައުލޫމާތު ދެއްވުމަށް ގުޅުއްވާނީ ކޮވިޑް-19 ގެ ހޮޓްލައިން 1676 އަށެވެ. މައުލޫމާތުތައް އީމެއިލް ކުރައްވަން ޖެހޭނީ [email protected] އަށެވެ.

އަދި ވެކްސިން ޖެހުމަށްޓަކައި ނަން ނޯޓު ކުރުމުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސާ ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއާއި ތަން އަންގާނެކަމަށެވެ.

ވެކްސިން ޖަހަންދާއިރު ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑާއި، އައިޑީ ކާޑާއި ދަތުރަށް ފުރާކަން އެނގޭނެ ލިޔުން ނުވަތަ ޓިކެޓާއި ބޭސްފަރުވާއަށް ފުރަން ޖެހޭކަމުގެ ލިޔުމާއި ދަރިވަރެއްނަމަ ޔުނިވަސިޓީގެ ލިޔުމާއި ބޭނުން ކުރަމުންދާ ބޭހެއްނަމަ އެބޭހުގެ މައުލޫމާތު ވެސް ވެކްސިން ޖަހަން ދާއިރު ގެންދަން ޖެހޭނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!