މެންބަރު ޝިޔާމް ކޮވިޑް-19 އަށް ފައްސިވެއްޖެ

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މަޖިލީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިޔާމް އެ ބައްޔަށް ފައްސިވެ މަޖިލީހަށް މިއަދު ނޯޓިސް ފޮނުއްވާފައިވާ ކަމަށެވެ.
ޝިޔާމް ގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ މީގެ ކުރީން ކޮވިޑަށް ފައްސި ވެފައެވެ. މިއާއެކު މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 2 އަށް އަރާފައެވެ.
މި ދެ މެންބަރުންގެ އިތުރުން މަޖިލީހުގެ ބައެއް މުވައްޒަފުން ވެސް މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ފައްސިވެ ފައިވެއެވެ.