ޚަބަރު

ކުޅުދުއްފުށީ ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި މަހުގެ 12 ވަނަ ދުވަހު، ކުޅުދުއްފުށި ސިޓީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި، އުމުރުން 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.

Ads by STELCO

މި އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. ނިޔާވެފައި ވަނީ އެކްސިޑެންޓު ހިނގި ވަގުތު ސައިކަލު ދުއްވަން އިން، އުމުރުން 17 އަހަރުގެ މުހައްމަދު ޒަޔާން އައްބާސް އެވެ.

އޮންލައިން ނޫސް "ވަގުތު" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޒަޔާން ނިޔާވެފައި ވަނީ ދެ އޮޕަރޭޝަނަކަށް ފަހު، ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ޒަޔާންގެ ފުރަތަމަ އޮޕަރޭޝަނަށްފަހު ހާލު ރަނގަޅުވަމުން އައި ނަމަވެސް، ދެވަނަ އޮޕަރޭޝަން ކޮށްފައި ވަނީ ބަނޑުގައި ރިއްސާތީ އިއްޔެ އަނެއްކާ ވެސް ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

ޕިކަޕްގައި ޖެހި ސައިކަލާ އެކު އޭނާ ވެއްޓުނު ވަގުތު ސައިކަލްގެ މުއްގަނޑު ވަރަށް ބޮޑަށް ބަނޑުގައި ޖެހުނުއިރު، އެންމެ ބޮޑަށް އަނިޔާވެފައި ވަނީ ވެސް ޒަޔާންގެ ބަނޑަށެވެ.

ޒަޔާންގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު، ކުޅުދުއްފުށީ މަސްޖިދުލް ޙަޟާރާތުގައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ! އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo
  1. 17 އަހަރުގެ ކުއްޖަކަށް ލައިސެންސް ލިބުނުގޮތެއް ފުރަތަމަ ބަލަންޖެހޭނީ

    • ޝަޔާ

      ފުރަތަމަަ އެކުއްޖާގެެ ކަށުކަމާާކެމީގެެ ކަންތައްް ފުރިހަމަަ ކުރަންވީީ. އެއަށަފަހުު މައްޔިތާއަށްް ހެޔޮދުޢާާ ކޮއްދެއންވީީ.

    • ޕޮލިސް

      މީހާގެ ފުރާނަ އައްވުރެ ވެސް ތިބޭފުޅާ އަށް މުހިންމީ އެ ކުއްޖާ އަށް ލައިސެންސް ލިބުނު ގޮތްތަ .. ލައިސެންސް އޮވެ އެކްސިޑެންޓް ވާ މީހުން މާކު ގިނަ ލައިސެންސު ނުނަގާ ދުއްވާ ކުދިން އަށްވުރެ މާ ބޮޑައްވެސް.