ސަރުކާރުން ވައްކަން ކޮށްފި، މި ސަރުކާރާ އެކީ އެމްޑީޕީ އޮންނަން ނޭދޭނެ: ނަޝީދު
ވެންޓިލޭޓަރު މައްސަލައިގައި ސަރުކާރުން ބައިވެެރިވެފައިވާ ތަން ފެންނަ ކަމަށާއި ވައްކަން ކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނަން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި މަތި ޖެހުނަ ދީފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑު ކަމަށެވެ.
“ވެންޓިލޭޓަރު މައްސަލައިގައި މަތި ޖެހުނަ ދީފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނީ ބޮޑު ގެއްލުމެއް. ސަރުކާރުން މިކަމުގަ ބައިވެރިވެފައިވާ ތަން ފެންނަނީ. ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ. މިކަންކަން ބަދަލު ކުރަން ޖެހޭ. އަދި ރައްޔިތުންނާ އެކުގައި އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވީ ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގި މައްސަލައިގައި ދަޢުވާ ނުކުރަން ނިންމީ ކުރިން ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި ޖިނާޢީ ކުށެއްގެ ގޮތުގައި ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނިކޮށެވެ.
އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.
ސަރުކާރުގަ އެމްޑީޕީ އޮންނާކަށް ނޭދެއޭ…އެހެން ޖޯކެއްނެތްތަ؟
ސަރުކާރަކ ކޮންބައެއ ހިޔަޅާ
ފޭކް ޑްރާމާ. ދެން އެމްޑީޕީ މީހުން ބާރަށްއަތްޖަހާ