ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި

ކޮވިޑް-19ގެ ކޭސްތައް ފެނި ކުޅުދުއްފުށި ސިޓީގައި އިއުލާން ކޮށްފައިވާ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
ކުޅުފުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށްލީ އެސިޓީން ރ.އުނގޫފާރަށް ދިޔަ ބަލި މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.
މީގެ އިތުރުން އެ ބަލިމީހާ ފައްސިވުމާ ގުޅިގެން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އޭނާއާއެކު ދިޔަ ދެ އެހީތެރިން ވެސް ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އަދި އެރަށަށް ފެލިވަރުން ދިޔަ މީހަކު ވެސް ވަނީ ފައްސިވެފައެވެ.
ކޮވިޑް-19ގެ ކޭސްތައް ފެނި އަތޮޅުތެރޭގެ 13 ރަށެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ލައިފައެވެ.