ދުނިޔެ

ދެ ހަރަމްގައި މިއަހަރުގެ ތަރާވީހު ނަމާދުގައި ކުރާނީ 13 ރަކުއަތް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މި އަހަރުގެ ރަމަޟާން މަހު މައްކާގެ މަސްޖިދުލްހަރަމް އަދި މަދީނާގެ މަސްޖިދުއްނަބަވީގައި ތަރާވީޙް ނަމާދު ގޮތުގައި ކުރާނީ 13 ރަކުއަތް ކަމަށް ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާ ހަރަމައިނި ޝަރީފައިނި އިން އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

މީގެ ކުރީގެ އަހަރުތަކުގައި ތަރާވީހު ނަމާދުގައި ވިތުރި ހިމެނޭހެން 23 ރަކުއަތް ކުރި ނަމަވެސް މިއަހަރު ކޮވިޑާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ޖެހިފައިވާތީ، މިއަހަރު ކުރާނީ 13 ރަކުއަތް ކަމުގައި އެ އިއުލާނުގައި ބުނެފައި ވެއެވެ.

ފަހުގެ ތާރީޚެއްގައި މިއީ މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރަށް ވާއިރު، މިއަހަރު ދެހަރަމްފުޅުގައި އިއުތިކާފަށް ތިބުމެއް ނޯންނާނެ ކަމަށް ވެސް އިއުލާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ފެން ދިނުމުގެ ކަންކަމުގައި ވެސް އުޅޭނީ ޙަރަމްފުޅުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް އެ އިއުލާނުގައި ބަޔާން ކޮށްފައި ވެއެވެ.

މީގެ އިތުރުން މީގެ ކުރިން ޙަރަމްފުޅުގެ އެކި ސަރަހައްދު ތަކުގައި ފަސޭހަ ކަމާއެކު ލިބެން ހުރި ޒަމްޒަމް ފެން މިފަހަރު ލިބެން ނުހުންނާނެ ކަމަށާއި، އޭގެ ބަދަލުގައި މިފަހަރު ފެންފުޅީގައި ފެން ބަންދު ކުރުމަށް ފަހު ފެން ބެހުމަށް ހަމަޖެހިފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.މި ހުރިހާ ބަދަލުތަކަކީ ވެސް ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!