ލައިފްސްޓައިލް ލުއި ޚަބަރު

ރަމަޟާން 1444: އެންމެ "ދިގު ކޮށް" ރޯދަ ހިފާނީ މި ގައުމުތަކުން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ހުރިހާ މުސްލިމުން ދިޔަ އީ ނުހަނު އިންތިޒާރު ކުރަމުންނެވެ. ކެއިން ބުއިމާއި ރޯދަ ގެއްލޭ އެންމެހާ ކަންތައްތަކުން ދުރުހެލިވެ ތިބެ ރޯދައަށް ތިބޭ އަޅުކަމުގެ މައްސަރުގައި އެކި ގައުމުތަކުގައި ރޯދަ ހިފާ ވަގުތުތައް ތަފާތުއިރު ބައެއް ގައުމުތަކުގައި ރޯދަ ހިފަން ޖެހޭ ވަގުތު 18 ގަޑިއިރަށް ވުރެ ގިނަ ވާއިރު އަނެއްބައި ގައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތު 12 ގަޑި އިރަށް ވުރެ ކުރެވެ. މިގޮތުން ދުނިޔޭގެ އެންމެ ދެކުނުގެ ގައުމުތައް ކަމަށްވާ ޗިލީ ނުވަތަ ނިއުޒިލޭންޑްގައި ދިރިއުޅޭ މުސްލިމުން އެވްރެޖްކޮށް 12 ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު އައިސްލޭންޑް ނުވަތަ ގްރީންލޭންޑް ފަދަ އެންމެ އުތުރުގެ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް 17 ގަޑިއިރަށް ވުރެ ގިނަ އިރު ރޯދަ ހިފަން ޖެހޭނެއެވެ.

Ads by STELCO

އެންމެ ދިގުކޮށް ރޯދަ ހިފަންޖެހޭ ގައުމުތަކަށް ބަލާލާއިރު ގްރީންލޭންޑާއި އައިސްލޭންޑްގައި 18 ގަޑިއިރާ 12 މިނެޓު ރޯދައަށް ތިބެންޖެހެއެވެ. ދެވަނަ އަށް އެންމެ ދިގުކޮށް ރޯދައަށް ތިބެންޖެހޭ ގައުމަކީ ފިންލޭންޑް ކަމަށްވާއިރު އެގައުމުގައި 17 ގަޑި އިރާއި 48 މިނެޓު ވަންދެން ރޯދައަށް ތިބެން ޖެހޭނެއެވެ. އަދި ސްވިޑެންގައި 17 ގަޑި އިރާއި 39 މިނެޓު ރޯދަ އަށްތިބެން ޖެހޭއިރު ސްކޮޓްލޭންޑްގައި 17 ގަޑިއިރާއި 21 މިނެޓު ރޯދައަށް ތިބެން ޖެހެއެވެ.

އެންމެ ކުރުކޮށް ރޯދަ ހިފަންޖެހޭ ގައުމުތަކަށް ބަލާލާއިރު ނިއުޒިލޭންޑަކީ އެންމެ ކުރުކޮށް ރޯދަ ހިފަންޖެހޭ ގައުމެވެ. އެގައުމުގައި 12 ގަޑިއިރާއި 17 މިނެޓު ރޯދައަށް ތިބެންޖެހެއެވެ. އަދި ޗިލީގައި 12 ގަޑި އިރާއި 18 މިނެޓު ރޯދައަށް ތިބެން ޖެހެއެވެ.

އުރުގުއާއި ގައި 12 ގަޑިއިރާއި 26 މިނެޓު ރޯދައަށް ތިބެން ޖެހެއެވެ. އޮސްޓްރޭލިއާގައި 12 ގަޑިއިރާއި 27 މިނެޓު އަދި ސައުތު އެފްރިކާގައި 12 ގަޑިއިރާއި 30 މިނެޓު ރޯދަައަށް ތިބެންޖެހެއެވެ.

ރާއްޖޭގައި 13 ގަޑި އިރު ރޯދައަށް ތިބެން ޖެހޭއިރު ރާއްޖެ ހިމެނެނީ އެންމެ ކުރުކޮށް ރޯދަ އަށް ތިބެން ޖެހޭ ގައުމުތަކުގެ ތެރޭގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!