ޚަބަރު

ކޮވިޑް-19: މިއަދު ފައްސިވީ ޖުމްލަ 121 މީހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 121 މީހުން ފައްސިވެ 105 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 49 މީހުންނާއި، އަތޮޅުތެރެއިން 46 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 12 މީހަކާއި އިންޑަސްޓްރިއަލް އައިލެންޑުން 13 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 23،524 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 20،723 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 66 މީހުން ނިޔާވެެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 93 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 639،691 ސާމްޕަލް ނަގައިފައި ވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ބާތިލުކޮށްފައިވާއިރު، ޕާކު ތަކާއި މައިޒާންތައް ވެސް އަލުން ހުޅުވައިފިއެވެ.

އެހެންނަމަވެސް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެސަރަޙައްދުގައި ބޭރުގައި އުޅުން އަދިވެސް މަނަލެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!