ޚަބަރު ރައްޔިތުންގެ މަޖިލިސް

ވެންޓިލޭޓަރުގެ މައްސަލަ: އީވާގެ ފާޑުކިޔުން ސަރުކާރުގެ ބަޔާނަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީ ސަރުކާރުން މި ދިޔަ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

އީވާ ސަރުކާރަށް ފާޑު ވިދާޅުވެފައި ވަނީ ، ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގި މައްސަލައިގައި ދަޢުވާ ނުކުރަން ނިންމީ ކުރިން ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި ޖިނާޢީ ކުށެއްގެ ގޮތުގައި ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ަަޝަރީފް ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

އީވާ ވިދާޅުވީ ތިން ބާރު އޮތީ ވަކިވެފައޭ ކިޔާފައި އެ މައްސަލަ ދޫކޮށްލެވޭކަށް ނޯންނާނެ ކަމަށާއި އެ "ވައްކަަމަށް" އިންސާފު ހޯދަން ބޭނުންވާ ވާހަކަ ދައުލަތުގެ ވެރިންނަަށް ބުނެވޭނެ ކަމަށެވެ. އަދި ވައްކަމަށް އިންސާފު ހޯދަން ބޭނުންވާ ކަމަށް ދައުލަތުގެ ވެރިން ބުނުމަކީ މުއަައްސަސާތަކަށް ބާރު ފޯރުވުން ނޫން ކަމަށް އީވާ ވިދާޅުވިއެވެ.

އެއީ ދައުލަތުގެ ވެރީން، ރައްޔިތުން ވެރިކަން ކުރާން ހަވާލުކުރި މީހުން، ދައުލަތާއި ގައުމާ ދިވެހި ރައްޔިތުންް ގެންދާން ބޭނުންވާ ތެދުވެރި މިސްރާބު ސާފުކޮށްދިިނުން އެއީ. އެކަން ރައްޔިތުންނަށް ވެސް ސާފުވާން ޖެހޭނެ. ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުވާން ޖެހޭނެ، މުއްސަސާތަކަށް ވެސް ސާފު ވާން ޖެހޭނެއީވާ ވިދާޅުވިއެވެ.

ކޮވިޑް ޖެހި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ގެނައުމަށް ނިންމި 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވީ ނަމަވެސް އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!