ޚަބަރު

މިއަދު ރާއްޖެއިން ކޮވިޑް-19އަށް ފައްސިވީ 167 މީހުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 167 މީހުން ފައްސިވެ 145 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 86 މީހުންނާއި، އަތޮޅުތަކުން 69 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 21 މީހަކާއި، އިންޑަސްޓްރިއަލް ރަށަކުން އެކެކެވެ.

މިހާރު ރާއްޖެއިން މި ބައްޔަށް ޖުމްލަ 23،838 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 20،984 މީހުންނެވެ. އަދި މިހާތަނަށް މި ބަލީގައި ރާއްޖެއިން 66 މީހުން ނިޔާވެެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 91 މީހުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅައިފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލް ކޮށްފައެވެ. އަދި ޕާކުތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައިފައެވެ. އެހެންނަމަވެސް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި ބޭރުގައި އުޅުން އަދިވެސް މަނަލެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!