އަލަށް އުފަންވި މި ކުއްޖާގެ ނިޔަފަތްތައް ފެނި ގިނަ ބަޔަކު ރަތަށް
ދާދި ފަހުން ސޯޝަލް މީޑިޔާގައި އާއްމުވި ފޮޓޯ އެކެވެ. ތުއްތު ކުއްޖެއްގެ ނިޔަފަތި ތަކަށް މީޑިއާގެ ސަމާލުކަން ލިބިގެން ދިޔައީ ސަބަބެއް ނެތިވެ އެއް ނޫނެވެ. ފޮޓޯއިން ފެނިގެން ދަނީ އަލަށް އުފަންވި ތުއްތު ކުއްޖެއްގެ ނިޔަފަތިތައް ރީތި އެކިއެކި ގޮތް ގޮތަށް ޑިޒައިން ކޮށްފައިވާ ތަނެވެ. މި ފޮޓޯ ފޭސްބުކަށް އާއްމު ކުރި ފަރާތުން ފޮޓޯގެ ތިރީގައި ތުއްތު ކުދިންގެ ނިޔަފަތިތައް މި ފަދަ ތަފާތު ޑިޒައިންތަކަށް ވަރަށް އަގުހެޔޮ ކޮށް ސްޓައިލް ކޮށްދޭ ކަމަށް ލިޔެފައި ވެއެވެ.
ނަމަވެސް މި ފޮޓޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒު ވެފައެވެ. އެގޮތުން އެހާ ޅަ އުމުރުގައި ނިޔަފަތި ދިގުކޮށްފައި ބެހެއްޓުމުން ތުއްތު ކުއްޖާއަށް ލިބިދާނެ ގެއްލުންތައް ފާހަގަކޮށް ބައެއް މީހުން ވަނީ މި ފޮޓޯ އަށް ކޮމެންޓްކޮށް އަދި ޝެއަރ ވެސް ކޮށްފައެވެ. އަދި މީގެ އިތުރުން ވަނީ މި ކަމަށް ނުރުހުން ފާޅު ކޮށްފައެވެ.
ތުއްތު ކުއްޖާ އަތް ހަރަކާތް ކުރާއިރު މޫނުގައި އަދި ގައިގެ އެހެން ތަންތަނުގައި ވެސް ނިޔަފަތި އެޅި ކުއްޖާއަށް ގެއްލުން ވާނޭ ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ. އެހެން ކަމުން މި ކުއްޖާގެ ނިޔަފަތިތައް އެ ގޮތަށް ޑިޒައިން ކުރި އިރު ބޭނުން ކޮށްފައިވަނީ ޕްލާސްޓިކް ނިޔަފަތި ކަމުގައި ވިޔަސް އެއީ ރައްކާތެރި ކަމެއް ނޫން ކަމުގައި ގިނަ ބަޔަކު ބުންޏެވެ.