ކޮވިޑް-19: ހުރައިން އިތުރު 9 މީހަކު ފައްސިވެ، ޖުމްލަ އަދަދު 120އަށް

ކ. ހުރައިން އިތުރު ނުވަ މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
މިއަދު އެ ރަށުން ފައްސިވީ ނުވަ މީހުންނާއެކު ހުރައިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 120އަށް އަރައިފައެވެ.
އެނގިފައިވާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށްޓަަކައި ހުރައިން ނެގި 572 ސާމްޕަލްގެ ތެރެއިން 111 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.
ހުރާގައި ގިނަ ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން އެ ރަށުގައި މިހާރު ވަނީ ކާފިއު ވެސް އިއުލާން ކޮށްފައެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވެފައިވާ އަދަދުތައް އަންނަނީ ރިކޯޑު އަދަދަކަށް އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް 300 މީހުން މި ބައްޔަށް ފައްސި ވެފައިވާއިރު، އޭގެ ތެރެއިން 206 މީހުންނަކީ މާލެއިން ބޭރުން ފައްސި ވެފައިވާ މީހުންނެވެ.