ރީކޯ މޫސަ އަބަދުވެސް ހުންނަވަނީ އެއިރެއްގައި ވެރިކަން ކުރާ ޕާޓީއަކާ އެއްކޮޅަށް: މަލީޙް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އަބަދުވެސް ހުންނަވަނީ އެ އިރެއްގައި ވެރިކަންކުރާ ޕާޓީއަކާ އެއްކޮޅަށް ކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީޙު ޖަމާލް، ރީކޯ މޫސާއަށް ފާޑު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަލީޙު ވިދާޅުވީ، މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ އަބަދުވެސް ހުންނަވަނީ އެއިރެއްގައި ވެރިކަންކުރާ ޕާޓީއަކާއި އެއްކޮޅަށް ކަމަށާއި އެއީ ހިހޫ ތަނުން ކެއުން ކަމަށެވެ.
އެގޮތުން މަލީޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ވެރިކަން އައުމުން ރީކޯ މޫސާ ޕީޕީއެމަށް ސޮއިކުރެއްވި ކަމަށާއި، އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު އެމަނިކުފާނަށް އެމްޑީޕީ ވަރެއް ނެތް ކަމަށެވެ. އެހެންކަމުން ދިވެހި ބަހުގައި ބޭނުން ކުރާ މިސާލު ބަސް "ހިހޫތަނުން ކެއުން" މިއަށް ވުރެ ރަނގަޅަށް ރަމްޒު ކޮށްދޭ އެހެން ކަމެއް ނެތް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ. އަދި މި ވާހަކަ ނުދައްކާ ވާކަށް ނެތް ކަމަށް ވެސް މަލީޙު ވިދާޅުވިއެވެ.
މީގެ އިތުރުން މަލީހު ވިދާޅުވީ، ރީކޯ މޫސާ އަބަދުވެސް ހުންނަވަނީ ބަލިވާ ޓީމުގައި ކަމަށާއި، މިއީ ސިޔާސީ "ޑީ ގްރޭޑް" ކަންކަން ކަމަށެވެ.
ކަލޭ ހުރޭ ދެކޮޅަށް.. އަނގަ ގަދަމިތުރި
ޏޫން މަލީހަނއެމަނިކުފާނަކީ ލާރީގެ މީހެއް. އެހެންވީމާހަކުރު ދެންޏާ ބޮޑުބޭބެ