ޚަބަރު

އެމްޑީޕީއަށް ވޯޓު ނުދީގެން ވަކި ކުރިއެރުމެއް ނުލިބޭނެ: އާޒިމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ވޯޓު ނުދީގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއާއެކު މަސައްކަތް ކުރި ވަކިވަކި މީހުން ބޭނުންވާ ބައެއް ކަންކަން ކޮށް ނުދެވި ހުރެދާނެ ކަމަށާއި އެ ގޮތުން ބޭނުންވާ ވަޒީފާ ނުލިބި ހުރެދާނެ ކަމަށެވެ. އަދި އެމްޑީޕީއާ "ނުގުޅޭ" މިނިސްޓްރީއަކުން ކޮށްފައިވާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހިތްހަމަ ނުޖެހުން ހުރުމަކީ ވެސް، އެމްޑީޕީއަށް ވޯޓު ނުދޭންވީ ސަބަބެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ސަރުކާރުގެ، އަޅުގަނޑުމެންނާ ނުގުޅޭ ކޮންމެސް ވުޒާރާއަކުން ކުރާ ކަމަކާ މެދު ހިތްހަމަ ނުޖެހިގެން، އެމްޑީޕީގެ ތިލަފަތަށް ވޯޓެއް ނުދިނުމަކީ އެއްގޮތަކަށް ވެސް އެ ފަރާތްތަކަށް، އެ ނުދޭ، ވޯޓު ނުދޭ މީހުންނަށް ލިބޭ ކުރިއެރުމެއް ނޫން. އަނެއްކާ އަޅުގަނޑުމެންނަށް ދެވޭ މެސެޖެއް ވެސް ނޫން ހަގީގަތުގައި. އަޅުގަނޑުމެންނަށް ދެވޭ މެސެޖަކީ ތިލަފަތަށް ވޯޓެއް ޖެހުން. ތިލަފަތަށް ވޯޓެއް ޖަހައިފިއްޔާ ނޫނިއްޔާ މި ގައުމު ރައްޔިތުން ބޭނުންވާ މިސްރާބަށް ގެންދާނެ ގޮތެއް ނެތް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ފައިދާކުރާނެ ސިޔާސަތަކާއި ވިސްނުމެއް ގެންގުޅޭ ޕާޓީއަކީ ހަމައެކަނި އެމްޑީޕީ ކަމަށާއި ރައްޔިތުން ބޭނުންވާ މިސްރާބަށް ގައުމު ގެންދެވޭނީ އެމްޑީޕީއަށް ކަމަށެވެ. އަދި  ދިގު 30 އަހަރު ގައުމަށް ނުގެނުވުނު ތަރައްގީ، އެމްޑީޕީން ދެ އަހަރު ތެރޭގައި ގެނެސްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!