ލުއި ޚަބަރު

ދުނިޔޭގެ އެންމެ ނިޔަފަތި ދިގު މީހާ، ގާތްގަނޑަކަށް 30 އަހަރު ފަހުން ނިޔަފަތިތައް ކަނޑާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ނިޔަފަތި ދިގު މީހާ، ގާތްގަނޑަކަށް 30 އަހަރު އޭނާގެ ފަހުން ނިޔަފަތިތައް ކަނޑާލައިފިއެވެ.

Ads by Hajj Corporation

އެމެރިކާގެ ހޫސްޓަންއަށް އުފަން އަޔާނާ ވިލިއަމްސް ވަނީ، 2017ވަނަ އަހަރު ދުނިޔޭގެ އެންމެ ނިޔަފަތި ދިގު މީހާކަމުގެ ރިކޯޑު ހޯދައި "ޖިނަސް ބުކް އޮފް ވޯލްޑް ރިކޯޑް" އަށް ވެސް އަރާފައެވެ.

ސީއެންއެންއިން އޭރު ރިޕޯޓު ކޮށްފައިވާ ގޮތުގައި އަޔާނާގެ ނިޔަފަތީގެ ދިގުމިނަކީ 19 ފޫޓެވެ. އޭނާގެ ކޮންމެ ނިޔަފައްޗަކަށް އޭރު ދެ ފުޅި ނެއިލް ޕޮލިޝް ހޭދަވާ ކަމަށް ވެސް ރިޕޯޓުން ބުނެފައިވެއެވެ. އަދި ކޮންމެ ނިޔަފައްޗެއްގައި ކުލަ ޖައްސައި، މެނިކިއާރ ހަދަން ދެ ގަޑިއެއްހާއިރު ހޭދަވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޑަރމަޓޮލޮޖިސްޓެއް ކައިރިއަށް ގޮސް ކުޑަ ކަރަންޓު ކީހަކުން އަޔާނާގެ ނިޔަފަތިތައް ކަނޑާލުމުގެ ކުރިން އޭނާ ވަނީ އެންމެ ފަހު ފަހަރަށް އެ ނިޔަފަތިތަކުގެ ދިގުމިން ބަލައިލާފައެވެ. އެގޮތުން އޭރު އެ ނިޔަފަތިތަކުގެ ދިގުމިނުގައި 24 ފޫޓު 0.7 އިންޗި ހުރިކަމަށް އަޔާނާ ބުނެފައިވެއެވެ.

އަޔާނާ ބުނީ، 28 އަހަރު ވަންދެން ދިގުކޮށްގެން ގެންގުޅުނު ނިޔަފަތިތަކާ ވަކިވާން ޖެހުމުން އޭނާ ވެސް ދެރަވާ ކަމަށާއި ނަމަވެސް އޭނާގެ ޙަޔާތަށް މިހާރު އެ ބަދަލު ގެންނަން ބޭނުންވާ ކަމަށެވެ.

Ads by Ooredoo
  1. މޮހޮނު

    30 އަހަރު ވޭސްޓް ވުން ފިޔަވައި ކޮންކަމެއް