ލައިފްސްޓައިލް

ކަމަކާ ހާސްވުމުން އަޑު އަހަންވީ ލަވައެއް ނޫން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
Cropped shot of a young man listening to music out in the city

ބައެއް ފަހަރު މަސައްކަތުގެ މާހައުލުގެ ސަބަބުންނާއި ތިމާ ދިރިއުޅޭ އާއިލާގެ ތެރޭ މައްސަލައެއް ޖެހުމުގެ ސަބަބުން ތިމާ ހާސްވެ ކަންބޮޑު ވޭ ހެއްޔެވެ؟ ބައެއް ފަހަރު އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް ހީވާ ކަހަލައެވެ. އެފަދަ ޙާލަތްތަކުގައި ލަވަ އަޑުއެހުމަކީ އެންމެ ބޯ ހަމަ ޖެހޭ އަދި ހާސްކަން ފިލާ ކަމެެވެ. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.

Ads by Hajj Corporation

އެފަދަ ޙާލަތެއްގައި ތިމާ ލަވަ އަޑުއެހުމުގެ ބަދަލުގައި ނިކަން ޤުރުއާން ކިޔަވާ އަޑު އަހާލަބަލާށެވެ. އެކަމުން ތިމާގެ ހިތަށް ލިބިގެންދާ ތަސައްލީއާއި ހަމަޖެހުން ތިމާ އަމިއްލައަށް ވެސް ފާހަގަ ވާނެއެވެ. މީގެ އިތުރުން ދެ ރަކުޢަތުގެ ސުންނަތް ނަމާދެއް ކޮށްލާ، އެކަލާނގެ ހަޟްރަތަށް ވާތްގާއި މަދަދަށް އެދޭށެވެ. ހަމަ ކަށަވަރުން އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވެގެންވާ ރަސްކަލާނގެއެވެ.

އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނެއެވެ. ތިމާގެ ދިރިއުޅުމުގައި އަންނަ އަޑިގަނޑުތަކާއި ކުރިމަތިލާން ދަސްކުރާށެވެ. ފަހެ އެއިން ކޮންމެ ކަމަކީ ވެސް ތިމާއަށް ކުރިމަތިވާ އިމްތިޙާނެއް ކަމުގައި ދެކޭށެވެ. އެ އިމްތިހާނުން ތިމާ ފާސްވާން އުނދަގު ވެދާނެއެވެ. އެހެން ނަމަވެސް އެއީ ނުވާނެ ކަމެއް ނޫނެވެ. އުނދަގޫ ކަމުގައި ވާނަމަ އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ. އެކަލާނގެ ޙަޟްރަތުން މަދަދާއި ވާތްގަށް އެދި ދަންނަވާށެވެ.

މި ފަހަކަށް އައިސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވެސް އެފަދަ ކަންކަމާ ކުރިމަތިލުމަށް ކެތް ނުކުރެވިގެން ނަފްސު ޤަތުލު ކުރާ މީހުން އަންނަނީ ގިނަ ވަމުންނެވެ. އެހެން ނަމަވެސް އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ފަހެ އަމިއްލަ ނަފްސު ޤަތުލު ކޮށްފި އެއްވެސް މީހަކީ ސުވަރުގޭގެ ވަސް ވެސް ލިބޭނެ މީހެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!