ފަސް ލީޑަރުންވެގެން ބަލި ކުރެއްވި ރައީސް ޔާމީން ޖަލުގައި އޮންނަވާ އެ ލީޑަރުންނަށް ދެއްވީ ވަރުގަދަ މެސެޖެއް!
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި "ރަނިން ޕްރެސިޑެންޓް" ބަލިވެ ވަޑައިގެންނެވީ ބޮޑު ތަނުންނެވެ. އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މައުމޫނާއި ގާސިމް އިބްރާހީމްގެ އިތުރުން ޝައިޚް އިމްރާން ޢަބްދުﷲ އިސްވެ ތިއްބަވާ ކުރެއްވި މަސައްކަތުން ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގަންނަވަން ޖެހުނީ ރައްޔިތުންގެ ސްޕަރ މެޖޯރިޓީން އެގޮތަށް އެދުމުންނެވެ.
އޭގެ ފަހުން ޕީޕީއެމް އިދިކޮޅަށް ބަދަލުވެ ، ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅުން "ވައުދެއްގެ ގޮތުގައި" ސިފަ ކުރެއްވި އެންމެ މުހިންމު ކަންކަމުގައިވާ ރައީސް ޔާމީން ޖަލަށް ލުމުގެ ވައުދު ސަރުކާރުން ފުރިހަމަ ކުރެއްވިއެވެ. މައްސަލަ ބެއްލެވި އަހުމަދު ހައިލަމް ، ސުލޫކީ މައްސަލައެއްގައި މަގާމުން ދުރުކޮށް ، ސުލޫކީ މައްސަލައެއް އޮތް ޢަލީ ރަޝީދު މައްސަލަ ބައްލަވާ ރައީސް ޔާމީން ޖަލަށް ފޮނުވާލެއްވިއެވެ. ހަމައެއާއެކު އެ ފަނޑިޔާރަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަން ވެސް ލިބި ވަޑައިގަތެވެ.
ރައީސް ޔާމީން ތަހުގީގަށް ޖަލަށް ލުމާއެކު އިދިކޮޅު ޕީޕީއެމް ބަލިކަށިވެގެން ދިޔައެވެ. ރައީސް ޔާމީން ސަރުކާރުގެ އިސް އެތައް ބަޔަކު ޕާޓީއާ ދުރަށް ވަޑައިގެންނެވިއެވެ. ޕީޕީއެމް ބަލިކަށި ވެގެން ދިޔަ ވަގުތުގައި އެ ޕާޓީ ދެން ކުރިމަތިލާން ޖެހުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއެވެ. އިދިކޮޅު ލީޑަރުންގެ މައްސަލަތައް ކޯޓްގައި ހިނގަމުން ދިޔައިރު އެ ޕާޓީ ވަނީ ބަލިވެ ނިކަމެތި ވެފައެވެ. ސިޔާސީ ގޮތުން ކާމިޔާބު "ޑިވައިޑް ރޫލް"ގެ ތެރެއިން 38 އިންސައްތަ ވޯޓްގެ ނަތީޖާއަކުން އެމްޑީޕީން މަޖިލީހުގެ ސްޕަރ މެޖޯރިޓީ ހޯދިއެވެ. 65 ގޮނޑި ކާމިޔާބުކޮށް މަޖިލިސް ވެސް އެމްޑީޕީން ކަށަވަރު ކުރިއެވެ.
އޭގެ ފަހުން ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމްކޮށް އެމަނިކުފާނު ޖަލުގައި އޮންނަވާތާ މިއަދަށް މިވީ 491 ދުވަހެވެ. އެއް އަހަރާ އެތައް މަހެކެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ރައީސް ޔާމީން "ގައުމުން ބޭރުކޮށްލުމުގެ" ފުރުސަތު ދެއްވި ނަމަވެސް އެ މަނިކުފާނު އެކަމަށް ދެއްވީ ބީރު ކަންފަތެކެވެ. ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ "ގަޓްކަން" ދެއްކެވިއެވެ.
މިއަދު ޖަލުގައި އޮވެ އެ މަނިކުފާނު އެ ހޯއްދެވީ ބޮޑު ކާމިޔާބެކެވެ. ސަރުކާރާއި ކޯލިޝަންގެ ބައިވެރީން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެތައް ތުހުމަތެއް އެޅުއްވި ނަމަވެސް ޖަލުގައި އޮންނަވާ ސަރުކާރުގެ ކޯލިޝަނަށް ދެއްވީ ވަރުގަދަ ޖަވާބެކެވެ. ޕީޕީއެމަށް ދުވަހަކު ވެސް ނުލިބޭ ކާމިޔާބީތަކެއް އެ ހޯއްދެވީ ޖަލުގައި އޮންނަވައެވެ.
ލީޑަރ ސިޕަށް ފައްފަށުން ސުކުރިއްޔާ ވޯޓްދެއްވި ހުރިހާ ރައްޔިތުންނަށް ސާބަސް އަމާން އޮމާން ދުވަސް ތަކަކަށް އެދެން..
ތިޔަ ދިން މެސެޖެއް ދިނީ މާލެއިން އެކަނި މުޅި ރާއްޖޭގެ މެޖޯރިޓީ ނެގީ އެމްޑީޕީން.. ކަލޭމެންނަކީ އަބަދުވެސް މުޅި ރާއްޖެއަކީ މާލެކަމަށް ބަލައިގެން އުޅޭބައެއް..
ބަރާބަރު ވާހަކައެއް
މެޖޯރިޓީ ލިބުނީ ކޮންބަޔަކައްތޯ ރަނގަޅައް ބައްލަވާލައްވާ… ނިދީގަ ތިއްބަސް ވާނުވާއެއް ނަެގޭނެ….
ﷲގެ ވާގިފުޅާއެކު މަސައްކަތްކުރާ މީހަކު ދަތިކަމެއް ދިމާވާއިރަށް ވަގުތުން ހަތިޔާރެއް ނުބަހައްޓާނެ.
މިނޫން ބައެއް ނާންނާނެ ދޯ ވެރިކަން ކުރާކަށް! ދެބައި މީހުން ދެބައިމީހުންނަށް ބަހައިގެން ކުރާ ކަމެއް. އެއް ބައެއްވެސް ރަނގަޅެއް ނޫން