ނައިބު ރައީސް ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވައިފި
 
                                                    ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ 2 ޑޯޒް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުރިހަމަ ކުރައްވައިފިއެވެ.
އެމަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ ފެބްރުއަރީ މަހުގެ 8ވަނަ ދުވަހުއެވެ. ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖެއްސެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ނައިބު ރައީސް ވަނީ ހުރިހާ ފަރާތްތަކަކަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ކޮވިޝިލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައެވެ.
 
Ads by Ooredoo
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
