ޚަބަރު

13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކާ ކުރި މީހަކު ފުލުހަށް ހާޒިރުވާން އަންގައި ފުލުހުން އާންމު އިއުލާނެއް ކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ އާންމުކޮށް އިއުލާނު ކޮށްފައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުވާން އަންގައިފައި ވަނީ ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ފުލުހުން ޢަމަލު ކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންނެވެ.

ފުލުހަށް ހާޒިރުވާން އަންގައިފައި ވަނީ ތ. ތިމަރަފުށި/އަސަރީގެ، ޙަސަން ނިޒާރު (59އ) އެވެ.

އޭނާ ޖުލައި 01 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ހާޒިރުވާން ފުލުހުންގެ އިއުލާނުގައި ވަނީ އަންގާފައެވެ.

މިމައްސަލައިގައި ހަސަން ނިޒާރު ފުލުހަށް ހާޒިރުވާން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވެސް ފުލުހުން އިއުލާން ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!