ދުނިޔެ

ޖޯންސަން އެންޑް ޖޯންސަން ކޮވިޑް-19 ވެކްސިން ޖެހި އަންހެނުން ސަމާލުވާން އެދިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތައްޔާރުކުރި ކޮވިޑް-19 ވެކްސިން ޖެހި އަންހެނުން ސަމާލުވުމަށް ދުނިޔޭގެ ޑރ. އެންތަނީ ފައުސީ އެދިއްޖެއެވެ.

Ads by Sosun Fihaara

އެމެރިކާގައި ޖޯންސަންގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް ސީޑީސީ އާއި އެފްޑީއޭއިން ވަނީ އެ ވެކްސިންގައި މައްސަލަތަކެއް ހުރި ކަމަށް ބުނެފައެވެ. އެގޮތަށް ބުނެފައި ވަނީ ވެކްސިން ޖެހި 6.8 މިލިއަން މީހުންގެ ތެރެއިން 6 މީހަކަށް ލޭ ގަނޑުވުމުގެ މައްސަލަތަކެއް ދިމާވެގެންނެވެ. މި 6 މީހުންނަކީ ވެސް އުމުރުން 18 އަހަރާއި 68 އަހަރުގެ އަންހެނުންނެވެ.

އަންގާރަ ދުވަހުގެ ރޭ ޑރ. ފައުސީ ދިން އިންޓަވިއުއެއްގައި ވަނީ މިދިޔަ 13 ދުވަހު ޖޯންސަން ވެކްސިން ޖެހި އަންހެނުން ނުރައްކާތެރި އަލާމާތްތައް ފެނިދާނެ ކަމަށް ސަމާލުވެ ތިބުމަށް އެދިފައެވެ. އެގޮތުން މާ ގަދައަށް ބޮލުގައި ރިހުން، ހަރަކާތް ކުރަން އުނދަގޫވުން، މޭގައި ރިހުން އަދި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ޖޯންސަންސްއިން ވަނީ ވެކްސިން ދިނުން މަޑުޖައްސާލައި، ކްލިނިކަލް ޓްރަޔަލްސްތައް ވެސް މި ވަގުތަށް ހުއްޓާލުމަށް ނިންމާފައެވެ.

އެހެން ގިނަ ވެކްސިންތަކާ ޚިލާފަށް ޖޯންސަން&ޖޯންސަންގެ ކޮވިޑް-19 ވެކްސިނަކީ އެއްތަނުން އަނެއްތަނަށް އުފުލަން ފަސޭހަ ވެކްސިނެކެވެ. މިގޮތަން 7 ޑިގްރީ ސެލްސިއަސްގައި މިވެކްސިން ބެހެއްޓެއެވެ. މިވެކްސިން އުފައްދާފައި ވަނީ އާއްމު ރޯގާގެ ވައިރަސްއެއް ކަމަށްވާ އެޑިނޯވައިރަސް ޓައިޕް 26 ބޭނުން ކޮށްގެންނެވެ. މި ވައިރަސް ހަށިގަނޑުގެ ތެރެއަށް ވެކްސިނާއެކު ފޮނުވާލާ، ހަށިގަނޑުގެ ތެރެއަށް ކޮރޯނާ ވައިރަސް ޕްރޮޓީން އެތެރެކުރެއެވެ. އަދި މިއާއެކު ހަށިގަނޑު ކޮރޯނާ ވައިރަސް ޕްރޮޓީންއާ ހަނގުރާމަކުރެއެވެ. އަދި ވައިރަސް އިން ދިފާޢުވާނެ ގޮތް ދަސް ކުރެއެވެ.

ޖޯންސަން&ޖޯންސަންގެ ވެކްސިންގެ ތަޙްލީލްތަކުން ދައްކާ ގޮތުގައި މިވެކްސިނަކީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގައި 66 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. ޖޯންސަން&ޖޯންސަން އިން ބުނެފައި ވަނީ ވެކްސިންގެ އިފެކްޓިވްނެސް ދަށްވީ މިވެކްސިނަކީ އެންމެ ޑޯޒެއް ޖަހަން ޖެހޭ ވެކްސިނަކަށް ވެފައި، ވެކްސިންގެ ޓްރައިލް ކުރިޔަށް ދިޔަ ދުވަސްވަރަކީ ކޮވިޑް-19ގެ އިތުރު ވޭރިއަންޓްތައް ވެސް ހުރި އިރަކަށް ވުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!