ޚަބަރު

20 އޭޕްރީލްއިން ފެށިގެން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭ ގޮތަށް ހަމަޖައްސައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

20 އޭޕްރީލް އިން ފެށިގެން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ދެންމެ ނެރުނު ބަޔާނެއްގައި ދީފައިވާ ލުއިތައް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ބުނެފައި ވަނީ؛

  1. އާބާދީގެ %60 މީހުންނަށް ކޮވިޑް -19 ގެ ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން.
  2.  އާބާދީގެ %60 މީހުންނަށް ކޮވިޑް -19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް،  ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން. މިފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި ޢަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.- ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) %5 އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.- ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
  3. ފަތުރުވެރީން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް ، 2 ހަފުތާ ވެފައިވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހުން. ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންވާނެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ހަދަންވާނެއެވެ.
  • ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
  • ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
  • ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
  • ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

ކަރަންޓީނު ނުވެ ރަށްރަށަށް ދިއުމުގެ ހުއްދަ އެޗްޕީއޭއިން ދީފައި މިވަނީ އެއް އަހަރު ފަހުންނެވެ.

Ads by Ooredoo
  1. ރިސޯޓް ބޯއީ

    ރިސޯޓް ބޯއީސް އަށް މި ފުރުސަތު އިންނާނެބާ އަނެއްކާ؟؟