ލުއި ޚަބަރު

މާރުކޭޓުން ގަނެގެން ގެނައި ލެޓިއުސް ބޮނޑިއަކުން ފެނުނީ ވިހަގަދަ ހަރުފައެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އޮސްޓްރޭލިއާގައި ދިރިއުޅޭ ދެމަފިރިއަކު ރޭގަނޑުގެ ކެއުމަށް "ސެލެޑު" ތައްޔާރު ކުރުމަށް މާރުކޭޓުން ލެޓިއުސް ބޮޑިއެއް ގަތެވެ. ބަލާ ބެލުމަށް އެއީ ވަރަށް ފެހިކަން ގަދަ އަދި އެހާމެ ސިއްހަތު ރަނގަޅު ލެޓިއުސް ބޮނޑިއެކެވެ.

Ads by MWSC

އެހެން ނަމަވެސް އެންމެން ވެސް ހައިރާން ކޮށްލީ އެ ލެޓިއުސް ތެރެއިން ފެނުނު ވިހަ ގަދަ ހަރުފައިންނެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އެ ލެޓިއުސް ބޮނޑު ނެގުމަށް ފަހު ކެނޑި ކެނޑުމުގައި ކުޑަ ފަންޏެއް އަތުގައި ޖެހުނު ހެން ވެސް ހީވިއެވެ. ދެން އޭތި ދޫ ޖައްސަން ފެށުމުން ފަންޏަކީ ދޫ ނެރޭ އެއްއްޗެއް ނޫންކަން އޭނާއަށް ވިސްނި އަތް ނެގިއެވެ. އަދި ބެލި ބެލުމުގައި އެއީ އަށް އިންޗީގެ ވިހަގަދަ ހަރުފައެކެވެ.

ދެމަފިރިން އެއްކޮށް ސިހިގެން ގޮސް ގަތް ބިރުން އެ ލެޓިއުސް ބޮނޑިއާއެކު އެ ހަރުފަ ވެސް ޕްލާސްޓިކް ތައްޓެއްގައި ބަންދުކުރުމަށް ފަހު ކަމާ ފެހޭ ފަރާތަށް ގުޅިއެވެ. އަދި އެ އެމީހުންނާ ހަރުފަ ހަވާލު ކުރިއެވެ. މައުލޫމާތު ލިބޭ ގޮތުގައި، އެ ހަރުފަ އަކީ ވިހަ ގަދަ ހަރުފައެކެވެ. އަދި އެ ހަރުފަ ދަތް އަޅައިފައިވާނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް ވެސް އެމީހުން ވަނީ އިލްތިމާސް ކޮށްފައެވެ. އެހެން ނަމަވެސް އެ ހަރުފަ ލެޓިއުސް ބޮނޑިއާއެކު އައިސް އަލަމާރީގައި އޮތުމުގެ ސަބަބުން އޭގެ ބާރު ވަނީ ކުޑަ ވެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެފަދަ މާރުކޭޓަކުން އެފަދަ ގޮތަކަށް ހަރުފައެއް އޭގެ ތެރެއަށް އަންނަންވީ ސަބަބަކީ ކޮބައިތޯ ވެސް އަންނަނީ ބަލަމުންނެވެ. މި މައްސަލައިގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ވެސް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!