ލުއި ޚަބަރު

ކޮވިޑް-19 : ފަރުވާ ދޭނެ ހޮސްޕިޓަލެއް ނުލިބުމުން އިންޑިއާ މީހަކު ދަން ޖެހިއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19 ޖެހިފައިވާ އިންޑިއާގެ އަންހެނަކު ފަރުވާ ދޭނެ ހޮސްޕިޓަލެއް ނުލިބުމުން ދަން ޖެހިގެން މަރުވެއްޖެއެވެ.

Ads by STELCO

41 އަހަރުގެ މި އަންހެން މީހާ ކޮވިޑް-19 އަށް ޓެސްޓު ކުރީ ނޭވާލުމަށް ދަތިތަކާ ކުރިމަތިވާތީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.

ބައްޔަށް ފައްސިވީކަން އެނގުމާއެކު އޭނާ ވަނީ ފަރުވާދޭނެ ހޮސްޕިޓަލެއް ހޯދުމުގެ މަސައްކަތް ކުރަން ފަށާފައެވެ. އޭނާގެ 47 އަހަރުގެ ފިރިމީހާ ވަނީ އޭނާ ގޮވައިގެން ގިނަ ހޮސްޕިޓަލު ތަކަކަށް ގޮސްފައެވެ. އެހެން ނަމަވެސް އޭނާއަށް ފަރުވާދޭނެ ހޮސްޕިޓަލެއް ހޯދުމަށް ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ހުރިހާ ހޮސްޕިޓަލަކުން ވެސް “ނޫނެކޭ” ބުނީ ޖާގަ ނެތުމުންނެވެ.

މި މީހާ ދަންޖެހުނީ ނަފްސާނީ ގޮތުން ބަލިކަށިވެގެން ކަމަށް އޭނާގެ ފިރިމީހާ ބުނެއެވެ. އަދި އޭނާ ބަލިވެ އުޅުނީ ވަރަށް ހާލުގައި ކަމަށާއި ކެއްސުމާއި އިތުރު އުނދަގޫތައް ވެސް ކުރިމަތިވި ކަމަށް އޭނާގެ ފިރިމީހާ ބުނެއެވެ.

ކޮވިޑް-19ގެ ކޭސްތައް އިންޑިއާގައި ގިނަވެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ފަރުވާއިން މަހުރޫމް ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!