ޚަބަރު

ރައީސް ޔާމީން މާލެ ގެނެސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސްފިއެވެ.

Ads by Sosun Fihaara

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ރައީސް ޔާމީން ހުންނެވީ ފުލުހުންގެ އިދާރާގައެވެ.

އެމަނިކުފާނު ފުލުހަށް ހާޒިރު ކޮށްފައި ވަނީ ބަލަމުން އަންނަ މައްސަލައަކާ ގުޅޭ ތަހުގީގަކަށް ކަމަށް ފުލުހުން ބުނެއެވެ.

ރަމަޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުންނާއި ރައީސް ޔާމީންގެ އާއިލާގެ ފަރާތުން ވަނީ އެދިފައެވެ. އެހެންނަމަވެސް އަދި އެކަމަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ ދައުވާއެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާ ދަައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށް ބުނާ މައްސަލައިގައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވާކަމަށް ކަނޑައަޅައި 5 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. މި ހުކުމް އިއްވާފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ.

Ads by Ooredoo
  1. ކުޑަމާލޭ މޮހޮނދުބޭ

    ހެޔޮނުވާނެ . ތިޔަ މީހާޔާ އަޅައިގަނެގެން ތިޔަވަރަށް ނޫޅޭ އެއްފަހަރުން ކަނޑަ ވައްޓާލަބަލަ. އެމީހާ ކޮށްފަ ހުރި ކުށަކަށްވިއްޔާ ދޭންވާ އަދަބުގެ ހުކުމް އިއްވާ ކުރަންވީ ޖޫރިމަނާޔެއްވެސް ކޮށްބަލަ. އެއްވެސް ކަމެއް ދޫނުކުރާތި. ވަރިހަމަ ގެވިއްކާލައިގެންވެސް ޖެހޭނީ ޖޫރިމަނާވެސް ދައްކަން އަދި ބުނަންވަރިހަމަ ސަތޭކަ އަހަރަށް ވިޔަސް ހުކުމް އިއްވާފަ ޖަލަށްލާ. އަރާމު ޖަމެއް ނޫން. ހަމަ ރަތްލާޖެހި ޖަލު. ދިގު މުއްދަތަށް ކުށްވެރިން ހައްޔަރުކުރާ ޖަލުގަ ބައިންދާ. ވައްކަން ކުރިކަން ސާބިތުވެފަ ވައްކަމުގެ އެކިޔާ ޝަރުޠެއް ހަމަވަނީވިއްޔާ އސްލާމްދީޏުގައި އޮންނަ އަދަބުވެސް ތަންފީޛު ކޮށްފަބަހައްޓާ. މިބުނީ އަތްކަނޑާވާހަކަ.