ހަށިގަނޑުގެ ކަޅު ލައްތައް ފިލުވާލުމަށް މިވަރެއް ނެތް!
މޫނުމައްޗާއި ގައިގެ އެކި ތަންތަނުގައި ހުންނަ ކަޅުލައްތައް ފިލުވައިލުމަށް އެންމެ ފަސޭހަގޮތެއް ކަމަށް ފަހުގެ ހޯދުންތަކުން އެނގިފައިވާ އެއް ގޮތަކީ ޔޯގަޓް ބޭނުން ކުރުމެވެ.
އެއްވެސް ކަހަލަ ކެމިކަލްގެ ވިހަ މާއްދާއެއް އެއްވެސް ވަރަކަށް ނުހިމެނޭ ގޮތަށް ޔޯގަޓު ބޭނުން ކޮށްގެން ތައްޔާރު ކުރާ މި ބޭހަކީ 90 އިންސައްތަ ކާމިޔާބު އެއްޗެއްކަން ދިރާސާތަކުން ވަނީ ދައްކައިފައެވެ. ޔޯގަޓް ބޭނުންކޮށްގެން ކަޅުލައްތައް ފިލުވާލުމަށް އެންމެ ފަސޭހަވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ، މާބޮޑު ޚަރަދަކާ ނުލައި ތައްޔާރުކޮށްލެވޭ އެއްޗަކަށް ވާތީއެވެ. އަމިއްލައަށް ޔޯގަޓް ތައްޔާރު ކޮށްލައިގެން ވެސް ނުވަތަ ބާޒާރުން ލިބެން ހުންނަ ޔޯގަޓް ވެސް މިކަމަށް ބޭނުން ކޮށްލުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
އެހެން ނަމަވެސް ދަންނަންވީ ކަމަކީ ޔޯގަޓް ބޭނުންކޮށްގެން ވެސް ޔަޤީންކަމާއެކު މުޅިން ފިލުވައި ލެވޭނީ މާ ކުލަ ގަދަ ނޫންކޮށް ހުންނަ ކަޅު ލައްތަކެވެ. މާބޮޑަށް ކުލަގަދަ ކޮށް ހުންނަ ލައްތައް ވެސް ގައިގެ ހަމާ ވަރަށް އެއްހަމައަކަށް ޔޯގަޓުން ފިލުވައިލެވެއެވެ.
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ގައިގެ އެކި ލައްތަކުގައި ގަތް ޔޯގަޓު އުނގުޅާލާށެވެ. ދެން ރަނގަޅަށް ހިނކެންދެން ބަހައްޓާލާށެވެ. ގާތްގަނޑަކަށް 20 މިނެޓު ވަންދެން ބެހެއްޓުމުން ރަނގަޅު ވާނެއެވެ. އެހެން ނަމަވެސް އެންމެ މޮޅުގޮތަކީ ރޭގަނޑު ނިދަން އޮށޯންނަމުން އުނގުޅުމެވެ. ހެނދުނު ހޭލައިގެން ފިނިފެނުން ދޮވެލާނީއެވެ.
ހަމައެކަނި ޔޯގަޓް ބޭނުންކުރުމަށް ވުރެ ޔޯގަޓްގެ ތެރެއަށް ލުބޯލެއްގެ ހުތް ފެލާލުމަށްފަހު ކުޑަކޮށް ގިރާލުމަށްފަހު ކުރިން ބުނިފަދައިން އުނގުޅުމުން އަދި މާ ރަނގަޅުވާނެއެވެ. އޭގެ ރާހަތު ހަށިގަނޑުން މާ ރަނގަޅަށް ފެނިގެން ދާނެއެވެ.
މިގޮތަށް ދެތިން މަސް ވަންދެން މި ބޭސް އުނގުޅުމުން ގައިގެ އެތަންމިތާނގައި ހުރި ކަޅު ލައްތައް ފިލުވާލެވޭނެއެވެ. ގަބޫލު ނުކުރެވޭ ކަމުގައި ވަނީ ނަމަ އަޖުމަ ބަލައިލަން ވެސް ނިކަން ބޭނުން ކޮށްލާށެވެ. މާޔޫސް ނުވާނެކަން ޔަގީނެވެ.
ާމިހާރު މުޅި އެނދުގަ ޔޯގަޓް!