ޚަބަރު

ބާތިލް ވޯޓު މާނަ ކުރީ ނުބައިކޮށް ކަމަށް ބުނެ އެމްޑީޕީން ކޯޓަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
2020ގެ ކައުންސިލު އިންތިހާބަށް ވޯޓުލުމުގެ ތެރެއިން/ ފޮޓޯ: ދެން އިމޭޖްސް

އޭޕްރީލް މަހުގެ ދިހަވަނަ ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބާތިލް ވޯޓު މާނަ ކުރިގޮތާ މެދު ހިތްހަމަ ނުޖެހި ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި އެމްޑީޕީއިން މިގޮތަށް ނިންމައިފައި ވަނީ މިއަދު އެ ޕާޓީން އިންތިޚާބުގެ ކަންކަމާ ގުޅޭގޮތުން ބޭއްވި އެމްޑީޕީގެ ސެކްރެޓޭރިއެޓް ބައްދަލުވުމެއްގައެވެ. އެހެން ނަމަވެސް ކޯޓަށް މައްސަލަ ވައްދާނެ އިރެއް އެނގިފައެއް ނުވެއެވެ.

އެމްޑީޕީން ވަނީ މާލޭގެ ހަ ދާއިރާއެއްގެ ގޮނޑި އަލުން ގުނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައިފައެވެ. އަދި އެ ޕާޓީން ބުނާ ގޮތުގައި ބާތިލު ވޯޓު އީސީން މާނަ ކޮށްފައި ވަނީ ގާނޫނުގެ މަފުހޫމާ ޚިލާފަށެވެ.

އެމްޑީީޕީގެ ދިގު ތާރީހުގައި ވެސް އެ ޕާޓީއަށް މާލޭ ސިޓީގެ މެޖޯރިޓީ ގެއްލުނު މިއީ ފުރަތަމަ ފަހަރެވެ. މާލޭގެ މެޖޯރިޓީ ހޯދީ މޭޔަރުގެ ގޮނޑިއާއެކު 12 ގޮނޑި ކާމިޔާބު ކުރި ޕީޕީއެމުންނެވެ.

Ads by HDC
  1. ޖަހަންގީރު

    ކޮށި ދަނޑުވެސް ގެއްލޭތަން އައުން އޮތީ ދާދި ކައިރީގައިކަމަށް ވެދާނެ

  2. އައިސް

    ކީހާ ޅެން ފަރިއްސަށް

  3. ވާނުވާ

    ޖެހިފޮޑީ ބުޑަށް. ޕީޕީއެމް އަށް ގޮވި ހުރިހާ އެއްޗެއް ތިވަނީ