2023ގައި ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
![](https://dhen.mv/wp-content/uploads/2021/04/6909D9F1-0D0A-4822-B7D9-E8082B86FFB2-850x548.jpeg)
2023ގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.
ރައީސް ޞާލިހުގެ އަރިހުގައި ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ ރައީސް ޞާލިހަށް ފޮނުއްވި މެސެޖެއްގައެވެ.
2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަންފައިވާއިރު އެމަނިކުފާނު ވަނީ ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ޝައުގު ވެސް ރައީސް ޞާލިހުގެ އަރިހުގައި ފާޅު ކުރައްވާފައެވެ
ރައީސް ނަޝީދު، ރައީސް ޞާލިހަށް ފޮނުވި މެސެޖުގެ ސްކްރީންޝޮޓްތައް މީސްމީޑިއާގައި ދައުރުވާއިރު، އެކަމާ ގުޅިގެން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅު ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި ޤައުމު ހިންގަވަން ބޭނުންފުޅު ވާތީ ކަމަށެވެ.
މުޅި އޮޑީގަ މި ކަލޭގެ 2 ފައި. މިހާރުވެސް ރައްޔިތުން އެ އިޅެނީ މީނައާގެން ސަލާމަތް ނުވެވިގެން.
އިންތިހާބު ބޭއްވުމާއި ނުބޭއްވުން އެއީ ރައީސް އަތްމަތީގަ އޮންނަ ކަމެއް ނޫން.. ގާނޫނުން އިލެކްޝަން ކޮމިޝަނާއި މަތިކޮށްފައިވާ ޒިންމާއެއް