ޚަބަރު

ރައީސް ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިއަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން : ޒައިދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިއަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަކީ އެމްޑީއެންއިން އިސްލާމްދީނަށް ފުރައްސާރަ ކުރުމުން އެމީހުން ދިފާޢު ކޮށްފައިވާ މީހެއް ކަމަށެވެ.

“ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް ވުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން! އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން އެބައިމީހުން ދިފާޢު ކުރެއްވީ ވެސް ރައީސް ނަޝީދު. މީ ކުޑަ މިސާލެއް! ރައީސް ހަނދާން އެބަހުރި! ރައީސް ނަޝީދުގެ އައިޑިއޮލޮޖީތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ! ވީމާ ސޮރީއޭ ދެންނެވޭނީ! ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށާއި ރައީސުލް ޖުމްހޫރިއްޔާއަކީ ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ވާން އެދިވަޑައިގަންނަވާ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސްއާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

Ads by Ooredoo
  1. ޖާނޭ

    މާތް ﷲ މިޒައިދަށް ހަމަ ވިސްނުން ދެއްވި ކަމަށް ޓަކައި އެކަލާނގެއަށް ހަމްދު ކުރަން. ބޮޑު ލާދީނީ މީހަކު އިސްލާމީ ޤައުމެއްގެ ވެރިކަމށް ގެންނަން ހެޔޮނުވާނެ. ރަގަޅުވާނެ ވެލެޒިނީއާ ކައިވެކި ކުރުވުމަށް ފަހު ވެލެޒިނީ ށަހަރުގެ ރައީސް ކަމުގައި ބަހައްޓަން.