ޚަބަރު

ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން: ރައީސް ޞާލިޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޞާލިޙަށް ކުރެއްވި މެސެޖެއް ވަނީ ލިބިވަޑައިގެންފައި ކަމަށެވެ.

"މިހާރު މި ޢަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ" ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސް ޞާލިޙާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައި ވެއެވެ.

Ads by HDC
  1. ގަމު މީހާ

    ޔަގީނެއްނު.. އެނުން ގޮތަކުން ބަދަލެއް ގެންނަން އުޅެފިއްޔާ ޖެހޭނީ އަސްތިއުފާ ދޭން.. ރައްޔިތުން އެދޭ ގޮތައް ވެރިކަންކުރަން ބުނާ ބަޔަކު ބަރުލަމާނީ ނިޒާމް ބޭނުންވާތީ ވރަށް ޖޯކުު