ދުނިޔެ

އިސްލާމް ދީނަށް ކުރާ ފުރައްސާރައަކީ ކުށަކަށް ހަދަން އެންމެން އެއްބައިވާން ޖެހޭ: އިމްރާން ޚާން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުން އެއީ ކުށަކަށް ހަދަން ހުޅަނގުގެ ޤައުމުތަކަށް ބާރު އަޅަން މުސްލިމް ހުރިހައި ޤައުމުތައް އެއްބައިވާން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ގޮވައިލައިފިއެވެ.

Ads by Sosun Fihaara

އިއްޔެ ޕާކިސްތާނުގެ ޤައުމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި އިމްރާން ހާން ވިދާޅުވީ ހުޅަނގުގެ ގައުމެއްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފި ނަމަ ވިޔަފާރީގެ ގުޅުން ހުއްޓާލާނެ ކަމަށް ނުވަތަ އެ ގައުމުގެ އުފެއްދުންތައް ބޮއިކްޓް ކުރާނެ ކަމަށް 50 މުސްލިމް ގައުމުން އެއް ފަހަރާ ބުނެފި ނަމަ އޭގެ އެދެވޭ އަސަރެއް ކުރާނެ ކަމަށެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރުމުން މުސްލިމުންނަށް ކުރާ އަސަރު ހުޅަނގުގެ ޤައުމުތަކަށް ބުނެދިނުމަށް ، މުސްލިމް އާބާދީ ގިނަ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އިމްރާން ޚާން ވިދާޅުވިއެވެ.

އިމްރާން ޚާން މިމޭރުމުން ވާހަކަފުޅު ދައްކަވައިފައި ވަނީ، ފްރާންސްގައި ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި މައްސަލައެއްގައި ފްރާންސްގެ ސަފީރު ޕާކިސްތާނުން ބޭރު ކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ތެހްރީކޭ ލައްބައިކް ޕާޓީއިން ޑިމާންޑު ކުރީ އޭޕްރިލް 20ގެ ކުރިން ސަފީރު ބޭރު ކުރުމަށެވެ. އެ ޑިމާންޑާ ގުޅިގެން ތެހްރީކޭ ލައްބައިކްގެ ލީޑަރު ވަނީ ހައްޔަރު ކޮށްފައެވެ.

ލީޑަރު ހައްޔަރު ކުރުމާ އެކު، ޕާޓީގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނިކުމެފައެވެ. އަދި ޕާކިސްތާނުގެ ސިފައިންތަކެއް ރަހީން ކޮށްފައެވެ. މިއާއެކު ޕާކިސްތާނުގެ ސަރުކާރުން ވަނީ އެ ޕާޓީ އުވާލާފައެވެ.

  1. ޙުސެއިން

    ބަލަ ފެށުނީ ފުރާންސުން ނިމުނީރު މިއޮތީ ޕާކިސްތާން ގެ ވާހަކަ. ޒިންމާދާރުވެބަލަ