ކޮވިޑް-19: ރާއްޖެއިން މިއަދު ފައްސިވީ 162 މީހުން
ކޮވިޑް-19އަށް ރާއްޖެއިން މިއަދު އިތުރު 162 މީހުން ފައްސިވެ 112 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 76 މީހުންނާއި، އަތޮޅުތަކުން 68 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 14 މީހެކާއި އިންޑަސްޓްރިއަލް އައިލެންޑުން 04 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 26،667 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 23،803 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 71 މީހުން ނިޔާވެެފައި ވެއެވެ.
ރާއްޖޭގައި އަނެއްކާ ވެސް، ކޮވިޑަށް މީހުން ފައްސި ވަމުން އަންނަ މިންވަރު ދަނީ އިތުރު ވަމުންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލް ކޮށްފައެވެ. އަދި ޕާކު ތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައިފައެވެ. މީގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެ ސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވައިލައިފައެވެ.