ކުރު މުއްދަތެއްގެ ތެރޭގައި ސިފައިންނަށް ކުރިއެރުން ލިބުނީ ރައީސްގެ ހަރުދަނާ ތަސައްވުރުން: މާރިޔާ
ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާއަށް ގެނެވުނު ކުރިއެރުންތަކަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ހޯދުނު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެެވެ.
ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
މިނިސްޓަރ ވިދާޅުވީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަށް މިގެނައި ކުރިއެރުންތަކުގެ ފަހަތުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިފައިންނާ ގުޅޭ ކަންކަމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމާއި އެމަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅާއި ތަޞައްވުރުކަން ކަމެވެ.
”ކޮމާންޑަރ.އިން.ޗީފް ރައީސް ޞާލިޙަށް، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕާއި އެންމެހާ ސިފައިންނާއި، ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޚާއްޞަ ޝުކުރެއް ދަންނަވަން” މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުން ދެއްވާ އިރުޝާދާއި ހުރިހާ ސިފައިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، އެބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
ތިޔަ ލިބުނު ކުރިއެރުމަކީ ދިވެހި އަސްކަރިއްޔާގެ އެއްވެސް ބާރެއް ނެތްގޮތަށް އިންޑިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ދިއުން ދެއްތޮ؟
ކޮން ކުރިއެރުމެއް ލިބުނީ … ކޮބާ ސަތޭކަދުވަސްތެރޭ ނިންމަން ވަޢުދުވި ސިފްކޯ ހިޔާ ފްލެޓް