ލައިފްސްޓައިލް

މިއަދު ތިބާއަށް އަހަރެން އެހާ މުހިންމެއް ނޫނެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެކީގައި އެތައް ވަގުތުތަކެއް ހޭދަަ ކުރެވުނެވެ. އެތައް ސަކަރާތްތަކެއް ޖެހުނެވެ. އަދި އެތައް ތަޖުރިބާ ތަކެއް ވެސް ކުރެވުނެވެ. އެތައް ފިލާވަޅުތަކެއް ދަސްވިއެވެ. އެހެން ނަމަވެސް އެ ހުރިހާ ފޮނި ހަނދާންތަކާއި އެ ހުރިހާ ތަޖުރިބާތަކެއް ބިލާހަކަށް ވެ ދިޔަ އިރު، މަދު ވަގުތުކޮޅެއް ވެސް ނުނެގިއެވެ. މިއަދު ތިބާއަށް ނޭނގުނަސް ތިބާގެ އަމަލުން ތިބާއަށް އަހަރެން މުހިންމު ނުވާ ވަރު ވަރަށް ރަނގަޅަށް އަހަރެންނަށް ހާމަވެގެން ދެއެވެ.

Ads by STELCO

އެއްވެސް ކަމެއް އަދި އެއްވެސް ވާހަކައެއް ސިއްރު ނުކުރުމަށް އަހަރެމެން ވައުދުވީމެވެ. އެހެން ނަމަވެސް ތިބާ އަހަރެންނަށް ދޮގެއް ހަދައިފިއެވެ. އެ ދޮގަކީ ފަހަރުގައި ތިބާއަށް ވަރަށް ކުޑަ ކަމެއް ކަމުގައި ހީ ވެދާނެއެވެ. އެހެން ނަމަވެސް ތިބާއަށް އެނގޭ ހެއްޔެވެ؟ މިއަދ އަހަރެން ވަރަށް ދެރަ ވެއްޖެއެވެ. ދުވަހަކު ވެސް ތިބާ އަހަރެންނަށް ދޮގެއް ހަދާނެއޭ އަހަރެންގެ ހިތަކަށް ނާރައެވެ.

މީހުން ބުނާތީ އަޑު އަހަމެވެ. ކޮންމެ މީހަކަށް ވެސް ތިމާއަށް ވުރެ ރަނގަޅު މީހަކާ ދިމާވުމުން ތިމާގެ މަތިން އަނެކާ ހަނދާން ނައްތާލާނެއެވެ. އަހަރެން އޭރު އިސް އުފުލާ ބާރުލާ ބުނީމެވެ. އަހަރެން އެހެންނެއް ނުވާނެއެވެ. އަހަރެން ތަފާތު ވާނެއެވެ. އެހެން ނަމަވެސް މިއަދު މި ޖެހުނީ ފަހެ ކޮންތާކު ހެއްޔެވެ؟ މިސްމީހުންގެ ފަރާތުން އިވެމުން ދިޔަ ވާހަކަތައް ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް މިއަދު މިއޮތީ ގަބޫލު ކުރަން ޖެހިފަައެވެ.

ބައެއް ފަހަރު ހިތަށް އަރައެވެ. އިންސާނެއްގެ ހިތަކީ އެނބުރޭ ވަހުތާނެކޭ ބުނާ ބަހަކީ ވެެސް ހަމަ ތެދަކީބާއެވެ. އެހެނަސް އަހަރެން އެހެންނެއް ނުވަމެވެ. މިއަދު ތިބާއަށް އަހަރެން މުހިންމު ނުވި ނަމަވެސް އަހަރެންނަށް ތިބާ ވަރަށް މުހިންމެވެ. އެހެންނެއް ކަމަކު އަހަރެން ވެސް ތިބާއާއެކު މަތިން ބައިން ޖެހިގެން އުޅޭކަށް ނެތީމުއެވެ. އެހިސާބުން ފެށިގެން އަހަރެން ނިންމީއެވެ. ދެން އަހަރެން ވެސް އުޅޭނީ ތިބާ ވެސް އުޅޭ ވަަރަކުންނެވެ. ތިބާ ގަބޫލު ނުކުރި ނަމަވެސް ތިބާގެ އުޅުމާއި މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ސަބަބަކީ ކޮބައިކަން ވެސް އެނގޭނީ ޚުދު ތިބާއަށެވެ. އަހަރެން ހަނު ހުރި ނަމަވެސް އަހަރެންނަށް މަންޒަރު ނުފެންނަނީ އެއް ނޫނެވެ. މަންޒަރު ވެސް ފެނެއެވެ. އަދި އިހުސާސް ވެސް ކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!