ޚަބަރު

ކުރީ ސަރުކާރުން ނަގައިފައި ހުރި ބޮންޑާ ހެދި ފައިސާ މެނޭޖްކުރަން އުނދަގޫ: އަމީރު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން 2017 ވަނަ އަހަރު ނަގައިފައިވާ ސޮވެރިން ބޮންޑު އަނބުރާ ދައްކަމުން ދިއުމަކީ މި ވަގުތު ފައިސާ މެނޭޖުކުރުމުގައި ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގައި އަމީރު އިއްޔެ ވިދާޅުވީ، ސަރުކާރުން ވިއްކި ސުކޫކުން ލިބުނު 1 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އިން އެންމެ ފުރަތަމަ ވެސް ޚަރަދު ކުރަން ޖެހުނީ ސޮވެރިން ބޮންޑުގެ ދަރަނި އަދާ ކުރަން ކަމަށެވެ.

2022 ގައި ޑިއުވާ 250 މިލިއަން ޑޮލަރު އެބައިން. އެއީ އެއްފަހަރާ ދައްކަން ޖެހޭ ބުލެޓް ޕޭމެންޓެއް. އެއީ [އެލިފެންޓް އިން ދަ ރޫމް]. އެއާ ހެދި އަސްލު ހަގީގަތުގައި ލިކުއިޑިޓީ މެނޭޖްމެންޓަށް ވަރަށް ބޮޑު އަސަރުތަކެއް ކުރޭ. އިންވެސްޓަރުންނަށް ވެސް މި ހާލަތުގައި ޔަގީން ކަމެއް ނެތް 2022 ވަނަ އަހަރަށް ދާ އިރު އެ ޕޭ ކުރެވޭނެ ކަމެއް

އަމީރު ވިދާޅުވީ ދަރަނި ފައިސާ ދެއްކުމަށް ފެށުމާއެކު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭ ދައުލަތުގެ ދަރަންޏަށް ކޮންމެ ވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މި ފައިސާ ދެއްކުމާއެކު ބާކީ ދައްކަން ޖެހޭނީ 58 މިލިއަން ޑޮލަރު (890 މިލިއަން ރުފިޔާ) ކަމުގައި ވެސް އަމީރު ފާހަގަ ކުރެއްވިއެވެ.

Ads by HDC
  1. ޖާނޭ

    ކަލޭމެން ބޭނުންވާ ގޯސްކަމެއް ކުރާ ކޮނަމެ ފަހަރަކީ ކުރީ ސަރުކާރު. ކުރީސަރުކާރު ބުނެގެން އިންޑިއާ ސިފައިންވެސް ގެންނަނީ. މީފަހެ ސިއާ ފޮޑިއާ ވަކިނުވާ ސަރުކާރެއްތަ؟

  2. މުހައްމަދު

    ރައްޔިތުންބުނީ ވެރިކަންކުރަން ބޭނުންވާ މީހުން ކުރިމަތިލާށޭ. ތަންދޮރުނުބަލާ ނުވާވަރު ކަމަކާ ހަވާލުނުވި ނަމަ ތިވާހަކަ ދައްކަންނުޖެހުނީހެއްނުން.

  3. ޢަފީ

    ޙަގީގަތަކީ ޕީޕީއެމް ގަބޫލު ކުރާ އެއްޗެއް ނޫން