މޭކަޕު ހަޑިވެދާނެތީ މާސްކު އަޅަން ދެކޮޅު ހެދި އަންހެނަކު ޖޫރިމަނާ ކޮށްފި
އިންޑިއާގެ ޕަންޖާބުގައި ކައިވެނި ކުރަން އުޅުނު އަންހެން ކުއްޖަކު، އޭނާ ކޮށްފައިވާ އަގުބޮޑު މޭކަޕް ހަޑިވެދާނެ ކަމަށް ބުނެ މާސްކު އަޅަން ދެކޮޅު ހެދުމުން، 1000 ރުޕީސްއިން އޭނާ ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުންނަށް މި އަންހެން މީހާ ފެންނަނީ ކާރުގައި ދަނިކޮށެވެ. އެގޮތުން އެ އަންހެން މީހާ ކާރުގެ ކުރީ ސީޓުގައި އިންއިރު އޭނާ އިނީ މާސްކު ނާޅައެވެ. ނަމަވެސް އޭނާ ފިޔަވައި އެ ކާރުގައި ތިބި އޭނާގެ އާއިލާ މީހުން ތިބީ މާސްކު އަޅައިގެންނެވެ.
އަންހެން މީހާ މާސްކު ނާޅާ އިނުމުން ފުލުހުން ވަނީ އެ ކާރު ހުއްޓުވައި އޭނާއާ ސުވާލު ކޮށްފައެވެ. އަދި މާސްކު އެޅުމަށް ފުލުހުން ވަނީ މި އަންހެން މީހާއަށް އިލްތިމާސް ކޮށްފައެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ބޯލެނބުގެ ބަދަލުގައި އޭނާ ވަނީ ފުލުހުންނާ ޒުވާބު ކޮށްފައެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި އަންހެން މީހާގެ ބޭބެ ވަނީ މިކަން މާ ކުރިން ފުލުހަށް އަންގައިފައެވެ.
އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް ވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. އަދި އެތައް ބަޔަކު ކޮންމެ ދުވަހަކު އެ ބަލީގައި އެ ގައުމުގައި މަރުވެއެވެ.
މޭކަޕު ސެޓެއް ދިން ނަމަ އެފަކީރަށް.ޖޫރިމަނާ ތިކޮއްލީ މޭކަޕު ގަންނަން ހުރި ލާރި ކޮޅުން. ދެން ކިހިނެއް މާސްކުވެސް އަޅާނީ.