ދުނިޔެ

ކޮވިޑް-19އަށް ފަރުވާ ދޭން ކަމަށް ބުނެ ބަލި މީހަކަށް ގެރީގެ ކުޑަކަމުދާ ތަކެތި ބޯންދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ އުމުރުން ދުވަސްވީ ބަލިމީހަކަށް ފަރުވާ ދޭން ކަމަށް ބުނެ ގެރީގެ ކުޑަކަމުދާ ތަކެތި ބޯންދީފިއެވެ.

Ads by WAMCO

މި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ދަނީ ދައުރު ވަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރެއް، ވެންޓިލޭޓަރަށް ލާފައި އޮތް އުމުރުން ދުވަސްވީ އަންހެނެއްގެ އަނގަޔަށް ފުޅިއެއްގައި ހުރި ރީނދޫ ކުލައިގެ އެއްޗެއް އަޅާތަނެވެ. އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވަނީ ބީޖޭޕީގެ ލީޑަރެއް އެ އަންހެންމީހާއަށް ގެރީގެ ކުޑަކަމުދާ ތަކެތި ބޯން ދެނީ ކަމަށެވެ.

ދައުރުވަމުން ދާ މި ވީޑިއޯއަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން މިފަދަ ކަމެއް ކުރަން ޑޮކްޓަރުން ހުއްދަ ދިނީ ކިހިނެއްތޯ ވެސް މީހަކު ސުވާލު ކޮށްފައި ވެއެވެ.

އިންޑިއާ މީހުން ޤަބޫލު ކުރާ މިފަދަ ކަންކަމަށް ބައެއް މީހުން ފާޑު ކިޔާފައިވާއިރު މީހަކަށް ރައްދު ދެމުން އެކަކު ބުނެފައި ވަނީ މިއީ އެ މީހުން ޤަބޫލު ކުރާ ކަންކަމަށް ޖޯކު ޖަހަންވީ ވަގުތު ނޫން ކަމަށާއި، އެމީހުންނަށް އަވަސް ޝިފާއެއް ދެއްވުމަށާއި ހެޔޮ ވިސްނުން ދެއްވާތޯ ދުއާ ކުރުމަށެވެ.

ބަލި ވުމުން ގެރީގެ ކުޑަކަމުދާ ތަކެތި ބުއިމާ، ގެރި ގުއި އުކުމަކީ، އިންޑިއާގެ ގިނަ ހިސާބުތަކެއްގައި އެތައް ބަޔަކު ޤަބޫލުކުރާ އެމީހުންގެ ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެކެވެ.

އިންޑިއާގައި މިދުވަސްވަރު ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއެކު، އެތައް ހޮސްޕިޓަލުތަކަކުން އަންނަނީ އޮކްސިޖަން ވެސް ހުސްވަމުންނެވެ. ޚާއްސަކޮށް އެ ޤައުމުގެ ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލުތަކުގައި މިހާރު ހުރީ ވަރަށް މަދު އޮކްސިޖަން ކޮޅެކެވެ.

Ads by HDC
  1. Bodumeehaa

    ތީގެ ފުޅިއެއް މިރަށުގެ ބޮޑު ވަޒީރަށް ވެސް ފޮނުވާލަ ބަލަ. ޢެސޮރަށް ވަރަށް ކަމުދާނެ ތި.

  2. ޖާނޭ

    ޟިސަރުކާރުގެ ބޮޑުންނަށް ގެރި ގޮރު ވަރަށް ރަގަޅުވާނު. ޢަެރުން މިޤައުމުގެ މުޤާބޭ ބޮޑުވަޒީރުގެ ހިރާހިތުގެ ގުޅުން ވަރށް ބަދަހިވާނެ.