ދެން ރެސިޕީ | ފެންފޮޅި

ފެންފޮޅިއަކީ އާންމުކޮށް ރޯދަވީއްލާ ގަޑިއަށް ތައްޔާރުކޮށްލާ އެއްޗެކެވެ. މީހުން ގިނައިން ފޮޅިޔާއެކު ކައި އުޅެނީ ކިރެވެ. ބައެއް މީހުން ކުޅި މަސް ހަވާދާއި އެކު ވެސް ފެންފޮޅި ކައިއުޅެއެވެ.
ބޭނުންވާތަކެތި:
½ ޖޯޑު ފުށް
1 ޖޯޑު ފެން
½ ޖޯޑު ބޯކިރު
ލޮނު (ރަހަލާ ވަރަށް)
1 ސަމްސާ ތެޔޮ
1 ބިސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފުށާއި ލޮނުކޮޅު އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅު ބިސްކޮޅު އަޅައިލައި އެއްކޮށްލާށެވެ. އެއްކޮށް ނިމުމުން ފެން އަދި ތެޔޮ އަޅާލާށެވެ. ގަނޑުގަނޑަށް ފުށް ނުހުންނާނެ ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށްލާ އިރު ބޯކިރު ވެސް އަޅާލާށެވެ. ގަނޑުގަނޑަށް ހުރިއްޔާ ފުރާނާލާށެވެ.
އުނދުން މައްޗަށް ތަވައެއް އުދައި ތައްޔާރުކުރި ފުށްގަނޑުން އެތިކޮޅެއް ނަގައި ވަށްކޮށް ހުންނަހެން ތަވާގައި ފަތުރާލާށެވެ. ތުނިކޮށް ހުރުމުން މީރު ވާނެއެވެ. މާ ގިނަ އިރު ނުބާއްވާ އިރުކޮޅެއް ވުމުން ތަވައިން ފޮޅި ނަގާލާށެވެ.