ރެސިޕީ

ދެން ރެސިޕީ | ކަދުރު ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކަދުރު ކޭކަކީ ހަވީރު ސައިގަޑީގައި އެހެން ބާވާތްތަކުގެ ހެދިކާއާ އެކު ކާލަން ވަރަށް މީރު އެއްޗެކެވެ. އަމިއްލަޔަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ކޭކެކެވެ. 

Ads by WAMCO

ބޭނުންވާ ތަކެތި:

1 ޖޯޑު ކަދުރު (ގާތްގަޑަކަށް 18 ކަދުރު)

1 ޖޯޑު ފެން

6 ކަދުރު (ކުދިކޮށް ކޮށާފައި)

½ ޖޯޑު ބަޓަރު

1 ޖޯޑު ހަކުރު

2 ބިސް

1 ޖޯޑު ފުށް

½ ސަމްސާ ބޭކިންްގް ސޯޑާ

2 ސަމްސާ ބޭކިންގް ޕައުޑަރ

1 ސަމްސާ ވެނީލާ އެސެންން

ތައްޔާރުކުރާނެ ގޮތް:

1 ޖޯޑު ކަދުރުރަށް 1 ޖޯޑު ފެން އެޅުމަށް ފަހު އުނދުން މައްޗަށް އުނދައި ރަނގަޅަށް ކައްކާލާށެވެ. މިކަން ކޮށްލަން ވާނީ ކަދުރުގެ އޮށް ނެގުމަށް ފަހުގައެވެ. ރަނގަޅަށް ކެކުމުން އުނދުން މަތިން ނަގައި އަތުން ނުވަތަ ސަމުސަލަކުން ރަނގަޅަށް ކަދުރުކޮޅު ޗަސްކޮށްލާށެވެ. ޗަސް ކޮށްލާނީ ޕޭސްޓް ގަނޑަކަށް ވަންދެނެވެ.

ހަކުރާއި ބަޓަރު އެއްކޮށްލާށެވެ. ބިސް ވެސް ވަކި ވަކިން އަޅާލާށެވެ. އެއަށް ފަހު ކުރިން ތައްޔާރުކުރި ކަދުރު ޕޭސްޓާއި ކުޑަ ވެނީލާ އެސެންސް ކޮޅެއް އަޅައިލުމަށް ފަހު ހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލާށެވެ. ދެން އަޅާލާނީ ބޭކިންގް ޕައުޑަރ، ބޭކިންގް ސޯޑާ އަދި ފުށެވެ. މަޑު މަޑުން އެއްކޮށްލާއިރު ކޮށާފައި ހުރި ކަދުރުކޮޅު ވެސް އަޅާލާށެވެ.

ކޭކް މިކްސްކޮށް ނިމުމުން ޓްރޭ އަކަށް އަޅައި، ފިހެލާށެވެ. ގާތަގަޑަކަށް 30 މިނިޓުން ރަނގަޅަށް ފިހެލެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!