ދީން

ހާލަތު ގޯސްވެ ގޭތެރޭގައި އުޅޭއިރުވެސް މާސްކް އަޅައިގެން އުޅެން އަންގައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ގޭތެރޭގައި އުޅޭއިރު ވެސް މާކްސް އަޅައިގެން އުޅެން އިންޑިއާގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގައިފިއެވެ،

Ads by STELCO

އިންޑިއާގެ ސަރުކާރުގެ ޕޮލިސީ ކޮމިޓީ، ނިޓީ އަޔޯގީގެ މެންބަރު ޑރ. ވީކީ ޕައުލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިއަދު އިންޑިއާގެ ހާލަތު ހޮސްފައި ވަނީ ގޭ ތެރޭގައި ވެސް މާސްކް އަޅައިގެން ތިބެން ޖެހޭ ހާލަތަށް ކަމަށެވެ.

"މީގެ ކުރިން އަހަރެމެން ބުނީ ބޭރަށް ނިކުންނަމުން މާސްކް އަޅާށޭ. އެކަމަކު މިހާރު ވައިރަސް ފެތުރޭ ރޭޓަށް ބަލާއިރު، ގޭތެރޭގައި ވެސް މާސްކް އަޅައިގެން އުޅުން ބުއްދިވެރި" ޑރ.ވީކީ ވިދާޅުވިއެވެ.

ޑޮކަޓަރު ވިދާޅުވީ، ތިމާގެ ފަރާތުން ގޭގައި އުޅޭ މީހުންނަށް ކޮވިޑް-19 ޖެހެން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި މިހެންކަމުން މިހާލަތުގައި ރައްކާތެރި ގޮތަކީ ކޮވިޑް-19 ޖެހިފައި ނެތަސް ގޭތެރޭގައި މާސްކް އަޅައިގެން އުޅުން ކަމަށެވެ.

"ގޭގައި ބަލި ޖެހިފައި ހުރި މީހަކު ނެތަސް މާކްސް އަޅަން ޖެހޭ ވަގުތު އައިސް ޖެހިފައި މިއޮތީ" ޑރ. ވީކީ ވިދާޅުވިއެވެ.

މިހާލަތުގައި ގެޔަށް މެހެމާނުން ގެނެސް ކާންދީ ނުހެދުމަށާއި ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދު ކުރުމަށް ވެސް ޑރ.ވީކީ ވަނީ ގޮވައިލާފައެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 3 ލައްކައަށް ވުރެ މަތީގައި އުޅޭއިރު، އެ ޤައުމުގެ ހޮސްޕިޓަލުތައް ފުރި ފަރުވާ ދިނުމަށް ގިނަ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!