ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ދަރުމަވަރަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އުމުރުން 85 އަހަރުގެ އަންހެނެކެވެ. މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 72 ވަނަ މީހާއެވެ.
ރާއްޖޭގައި ކޮވިޑް-19 ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިގޮތުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރިކޯޑް އަަދަދަކަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް މަތިކަން ފާހަގަ ކޮށްލެވެއެވެ.