ދުނިޔެ

މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް 85 އަހަރުގެ މި މީހާ ފުރާނަ ގުރުބާން ކުރީ އަމިއްލަ އެނދު ހަދިޔާ ކޮށްގެން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނާގްޕުރް، އިންޑިއާ: އެނދުމަތި ކުރެވިފައިވާ އުމުރުން 85 އަހަރުގެ ފިރިހެނެއް، ކޮވިޑް-19 ޖެހިފައިވާ މީހަކަށް އެނދު ހަދިޔާ ކުރުމަށް އެނދު ދޫކޮށް ފުރާނަ ގުރުބާން ކޮށްފިއެވެ.

Ads by WAMCO

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ލިބޭ ގޮތުގައި، އޭނާ އޮތް އެނދު އެހެން މީހަކަށް ދޭން ނިންމީ އުމުރުން 40 އަހަރުގެ ފިރިހެނެއް އެނދުމަތި ކުރުމަށް އެނދެއް ހޯދަން ، އޭނާގެ އަންހެނުން އުޅުނު ގޮތް ފެނިގެންނެވެ. ހޮސްޕިޓަލްތައް ފުރިފައިވާ މި ދަނޑިވަޅުގައި އެ އަންހެނާ ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުން ގާތުގައި އާދޭސް ކުރަމުން މުޅި ހޮސްޕިޓަލްގައި ދުވެފައެވެ.

އެހެންކަމުން އުމުރުން ދުވަސްވީ މީހާ ، އޭނާއަށް ގެއަށް ދިއުމަށް ޑޮކްޓަރުން ހުއްދަ ނުދެނީސް އޭނާ ބޭނުންވީ އެނދު ހަދިޔާ ކުރުމަށް ފަހުގައި ގެއަށް ދާށެވެ. އޭނާގެ ދަރިފުޅާ ހަވާލާދީ މީޑިއާތަކުން ބުނީ، ދޫކޮށްލިތާ ގާތްގަނޑަކަށް ދެތިން ގަޑިއިރެއް ތެރޭގައި އޭނާ ގެއަށް އައި ކަމަށެވެ. އަދި އޭނާ ވަރަށް ގިނަ ދުވަސް ވަންދެން އެތައް ކަމެއް ތަޖުރިބާ ވެސް ކުރެވިއްޖެ ކަމަށާއި، މިހާރު ބޭނުން ވަނީ އެހެން ފުރާނަތައް ސަލާމަތް ކުރުމުގައި އޭނާ ހުރަހަކަށް ނުވެ އެމީހުންނަށް ދިރިއުޅުމުގެ ފުރުސަތު ދޭން ކަމުގައި އޭނާ ބުނި ކަމަށް ވެސް ވެއެވެ.

އެގޮތުގެ މަތިން އޭނާގެ އެނދު އެހެން މީހަކަށް ނުދީ ހިފެހެއްޓުމުގެ ބަދަލުގައި ދެވެން ހުރި މީހަކަށް އެ އެނދު ދިނުމަށް ފަހުގައި އޭނާ ދިޔައީ އަމިއްލަ ގެއަށެވެ. އަދި ގެއަށް ދެވުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް އޮކްސިޖަން ލެވެލް ދަށް ވުމުގެ ސަބަބުން އޭނާ ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔައިފައެވެ. އަދި އޭނާ މަރުވި އިރުގައި އޭނާގެ ނިޔަފަތިތައް ކަޅުވެ، ހުޅުތައް ދުޅަވެފައި ހުރިކަން ވެސް މީޑިއާތަކުން ފާހަގަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!