ދީން

ބަދުރުގެ ހާދިސާއިން އަންގައިދެނީ اللهގެ ދީނަށްޓަކައި ވާންޖެހޭ ގުރުބާނީގެ މަތިވެރިކަން: ޚުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބަދުރު ހަނގުރާމަ އަކީ މުސްލިމުން މައްކާ ފަތަހަ ކުރި ހާދިސާއެވެ. މުސްލިމުންނަށް އެތައް އިބުރަތްތަކަކުން ފުރިފައިވާ ހާދިސާއެކެވެ. الله ތަޢާލާ ހައްޤަށް ނަސްރު ދެއްވާނެ ކަން ސާބިތުވި ހަނގުރާމައެކެވެ. މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ “ބަދުރު ހަނގުރާމައިގެ ދަރުސްތަކުގެ ތެރެއިން” އެވެ.

Ads by Hajj Corporation

ބަދުރު ހަނގުރާމައަކީ ޢިބުރަތުން ފުރިގެންވާ މަތިވެރި ހާދިސާއެެއް ކަމަށާއި ބަދުރު ހަނގުރާމަ ހިނގާފައިވަނީ، ހިޖުރައިން 2 ވަނަ އަހަރު، ރަމަޟާން މަހުގެ 17 ވަނަ ދުވަހު ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

”އެދުވަހު، ޤުރައިޝް ވަންހައިގެ ބޮޑުން، ނިކުތީ ބޮޑާކަމާއި، ކިބުރުވެރިކަމާއެކުއެވެ. އެމީހުންގެ މި ބޮޑާކަމާއި ކިބުރުވެރިކަމުގެ ދަލީލަކަށް، އަބޫޖަހުލުގެ ބަސް ފުދެއެވެ. އަބޫޖަހުލު ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. ބަދުރަށް ގޮސް 3 ދުވަސް ވަންދެން އެތަނުގައި، ޖަމަލު މަސް ކައި، ރާބޮއި، އަންހެންކުދިން ލައްވާ ލަވަ ކިޔުއްވައި، މަޖާކޮށް އުޅެފައި ނޫނީ އަހަރުމެން އެނބުރި ނުދާނަމެވެ. އެއިރުން ނުފޫޒާއި ބާރު، ޢަރަބިންނަށް އެނގި، އަހަރުމެން ދެކެ އަބަދުވެސް އެމީހުން ބިރުގަންނާނެއެވެ." ހުތުބާގައި އިތުރަށް ބުނެފައިވެއެވެ.

ބަދުރުގެ ހާދިސާ އަޅުގަނޑުމެންނަށް އަންގައިދެނީ ﷲގެ ދީނަށްޓަކައި ވާންޖެހޭ ޤުރްބާނީގެ މަތިވެރިކަން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެ ޤުރުބާނީގައި މަތިވެރި އަޞްޙާބުން ދައްކަވާފައިވާ ރިވެތި ނަމޫނާ ކަމަށާއި އަދި އިސްލާމް ދީނުގައި މަޝްވަރާ ކުރުމަށް ބާރުއަޅާ މިންވަރު ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ ބަދުރުގެ ހާދިސާ ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދެއްވާފައެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ބަދުރު ހަނގުރާމައިގެ މަތިވެރި ނަސްރުން ލިބޭ އަނެއް ފިލާވަޅަކީ މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުއާ ދެންނެވުން ކަމަށެވެ.

“ ބަދުރުގެ މަތިވެރި ނަޞްރުން ޢިބުރަތް ޙާޞިލުކުރައްވާށެވެ! އިސްލާމް ދީނުގެ ދިފާޢުގައި ކުރަން ޖެހިއްޖެ ކޮންމެ ކަމެއްގައި ކެރިގެން ކުރިމަތިލައްވާށެވެ! ﷲ ގެ ރަސޫލާގެ ޙައްޤުގައި ދޭން ޖެހިއްޖެ ޤުރުބާނީއަކަށް ފަސްޖެހި ނުލައްވާށެވެ! ކެތްތެރިކަމާއި، ތަޤުވާވެރިކަމާއި، އެކުވެރިކަމާއެކު ހެޔޮގޮތުގައި ދެމިތިއްބަވާށެވެ!” ހުތުބާގައި އިތުރަށް ނަސޭހަތް ދެއްވާފައިވެއެވެ.

Ads by HDC
  1. ވަރަށް ފުރިހަމަ ބަސް ކޮޅެއް….✨�