ދުނިޔެ

އަލަތު އަންހެން ދަރިފުޅު ގެއަށް ގެންނަށް އާއިލާއިން ކުއްޔަށް ހިފީ ހެލިކޮޕްޓަރެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ ރާޖަސްތާނުގައި ދިރިއުޅޭ އާއިލާއެއްގެ ދެމަފިރިއަކު ކައިވެނި ކޮށްގެން އުޅޭތާ 35 އަހަރު ފަހުން އަންހެން ދަރިއެއް ލިބުމުގެ އުފާ ވަރަށް ތަފާތުކޮށް ފާހަގަ ކޮށްފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ އާއިލާއަށް އަލަތު ދަރިއެއް ވެސް އެ ލިބުނީ ވަރަށް މަސައްކަތުން އަދި އެހާމެ ދުވަހުން ކަމަށާއި، އެންމެ ފުރަތަމަ ބޭނުންވީ ވެސް އަންހެން ކުއްޖެއް ކަމުން އެކަން އެ އާއިލާއިން ފާހަގަ ކުރީ ވަރަށް ކުލަގަދަކޮށް ކަމަށެވެ.

ދަރިފުޅު ލިބުމުގެ އުފާ ފާޅު ކުރުމަށް އާއިލާއިން ކުރި ތަފާތު ކަމުގެ ސަބަބުން މުޅި އެ އަވަށަށް އީދެއް އައިސްގެން އުޅުނު ކަހަލަ އިހުސާސެއް ކުރެވުނު ކަމަށް ކުއްޖާގެ ބައްޕަ ސިފަކުރިކަމަށް ނޫސް ތަކުން ރިޕޯޓުކޮށްފައި ވެއެވެ.

އަންހެން ދަރިއެއް ލިބުމުގެ އުފާ ފާހަގަ ކުރުމަށް އާއިލާގެ ތިން ދަނޑުވެސް ވިއްކާލައި ފަސްލައްކަ ރުޕީސްއަށް ހެލިކޮޕްޓަރެއް ކުއްޔަށް ހިފިއެވެ. އަދި ކުއްޖާ ހޮސްޕިޓަލުން ގެއަށް ގެނައީ މި ހެލިކޮޕްޓަރުގައެވެ.

މީގެ އިތުރުން މިކަމަކީ މީގެ 10 އަހަރު ކުރިން ވެސް ކުރުމަށް އޭނާ ވިސްނައިގެން ހުރި ކަމެއް ކަމުގައި ކުއްޖާގެ ބައްޕަ މިޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ. އަންހެން ދަރިފުޅު ލިބުމުގެ އުފާ މިކަހަލަ ބޮޑު ގޮތަކަށް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ، މުޅި އަވަށުގައި ވެސް އަންހެން ދަރީންނަށް ދެމުން އަންނަ އަހައްމިޔަތު ކަމާއި ލޯތްބާއި އަޅާލުން ބޮޑުވާން ޖެހޭނެ ކަން ހާމަކުރުން ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ މި މަސައްކަތުން ވަރަށް ރަނގަޅު ބަދަލެއް ފެނިގެން ދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!