ޚަބަރު

ވެކްސިން ޖަހައިފައިވާ ފަތުރުވެރިން ވެސް ކޮވިޑް ޓެސްޓުގެ ނައްސި ނަތީޖާ ގެންނަން ޖެހޭ ގޮތް ހަދައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެކްސިން ޖަހާފައިވާ ފަތުރުވެރިން ވެސް ކޮވިޑް-18 އަށް ޓެސްޓު ކޮށްފައިވާ 96 ގަޑިއިރު ނުވާ ނައްސި ނަތީޖާއެއް ގެންނަން ޖެހޭ ގޮތް ހަދައިފިއެވެ.

Ads by Hajj Corporation

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިންނާއި، ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96 (ނުވަދިހަ ހަ) ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް އަންގާ ކަމަށެވެ. އަދި މީގެ ތެރޭގައި 1 އަހަރުން ދަށުގެ ކުޑަކުދީން ނުހިމެނޭނެ ކަމަށް ވެސް ވިދާޅުފައިވެއެވެ.

އެ ފިޔަވަޅު ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާއި ކަމާބެހޭ އެހެން މުވައްސަސާތަކަށް އަންގަވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެކުރިން އޮންނަ ގޮތުންނަމަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ރާއްޖެ އައުމަށް ނައްސި ޕީސީއާރް ޓެސްޓެއް ނަގާކަށް ނުޖެހެއެވެ.

ނަމަވެސް އަވައްޓެރި އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އިންޑިއާ އިން އަންނަ މީހުން، ޕީސީއާރު ނައްސި ނަތީޖާއެއް ހުށަހަޅަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

Ads by Ooredoo
  1. ޓަކި މޫނާ

    ވެކްސިން މަސައްކަތް ނުކުރާކަން އެކުދިންވެސް މިހާރު ޤަބޫލު ކުރޭ ދޯ