ކޮވިޑް ޖެހިގެން 39 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އުމުރުން 39 އަހަރުގެ ދިވެއްސަކު ރާއްޖެއިން ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފައި ފަރުވާ ހޯދަމުން ދިޔަ ފިރިހެނެކެވެ.
އެ މީހާ ނިޔާވެފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިއީ މިހާތަނަށް ރާއްޖެއިން މިބަލީގައި ނިޔާވި 74 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
ދިވެއްސެއްތަ؟ ބަންގާޅުމީހެއްތަ؟