ދުނިޔެ

އިންޑިއާގެ ޕައިލެޓުން އުދުހުން ހުއްޓާލާނެކަމުގެ އިންޒާރުދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވެކްސިން ޖެހުމުގައި އިސްކަން ނުދޭތީ އިންޑިއާގެ ޤައުމީ އެއަރލައިންގެ ޕައިލެޓުން އުދުހުން ހުއްޓާލާނެ ކަމުގެ އިންޒާރުދީފި

އިންޑިއާގެ ޤައުމީ އެއަރލައިން، އެއަަރ އިންޑިއާގެ ޕައިލެޓުންނަށް ވެކްސިން ދިނުމުގައި އިސްކަން ނުދޭތީ ސަރުކާރަށް ޕައިލެޓުން އިންޒާރުދީފައެވެ.

Ads by Sosun Fihaara

އެ ކުންފުނީގެ ޕައިލެޓުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެފަރާތްތަކަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރު ކުރަން ޖެހޭ ބަޔަކަށްވެފައި ކޮވިޑް-19 ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުގައި އެފަރާތްތަކުގެ ދައުރު ބޮޑުއިރު. ޕައިލެޓުންނަކީ ކޮވިޑް-19 ފްރޮންޓްލައިންގައި މަސައްކަތް ކުރާ ބައެއް ކަމުގައި ނުދުށުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި ސަރުކާރުން ޕައިލެޓުންނަށް ވެކްސިން ދިނުމުގައި އިސްކަމެއް ނުދޭނަމަ ފްލައިޓްތައް އުދުހުން ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް އިންޒާރުގެ ސިޓީގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެއަރއިންޑިއާއިން ވަނީ އަވަސް ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ. މިގޮތުން ފްލައިޓްތަކުގައި މަސައްކަތް ކުރާ އެކުންފުނީގެ އެންމެހާ މުވައްޒިފުންނަށް ،މެއި މަސް ނިމުމުގެ ކުރިން ވެކްސިން ޖަހައި ނިންމައިލެވޭނެ ކަމަށް ބުނެފައިވެއެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް އިންޑިއާއިން ވެކްސިން ޖެހޭނެ ކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ވެކްސިން ލިބުމުގައި ދަތިވެ ގިނަ ، ވެކްސިން ސެންޓަރުތަކެއްގައި ވެސް ވަނީ ބަންދު ބޯޑު އަޅުވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!