ޚަބަރު

ސަލްޓަން ޕާކުގައި ގޮއްވައިލެވުނު އައިއީޑީއަށް ވުރެ ރޭ ގޮއްވައިލި އައިއީޑީ މާ ބާރުގަދަ: އެމްއެންޑީއެފް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސަލްޓަން ޕާކުގައި ގޮއްވައިލެވުނު އައިއީޑީއަށް ވުރެ ރޭ ރައީސް ނަޝީދުގެ ގެކޮޅު ކައިރިން ގޮއްވާލި އައިއީޑީ މާ ބާރުގަދަ ކަމަށް ޗީޕް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް މިރޭ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ ރޭ ގޮއްވާލި އައިއީޑީގެ ބްލާސްޓް އިފެކްޓާއި އޭގެ އަޑާއި އެ ހުރިހާ އެއްޗަކަށް ބަލާލި ކަމުގައިވީ ނަމަވެސް ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީ އަށް ވުރެ އެތައް ގުނައެއް ރޭގައި ގޮއްވާލި އައިއީޑީގައި ބޮޑުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެއީ ބާރުގަދަ ޑިވައިސްއެއްކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ، އިތުރަށް ބާރުގަދަ ކުރުމަށް ރޭޒާ ފުށް އަޅައިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ރިޔާޒް ވިދާޅުވީ، ރޭ ދިން ހަމަލާގައި ބޭނުން ކުރި ބޮމުގައި މިލިޓަރީގައި ބޭނުން ކުރާ މިންވަރުގެ އެއްވެސް އެއްޗެއް ބޭނުން ކޮށްފައި ނުވާ ކަމަށާއި، ނަމަވެސް މީހަކަށް ބޮޑު އަނިޔާއެއް ދޭން ބޭނުން ކުރާ ބައެއް ސާމާނު އެ ބޮމުގައި ބޭނުން ކޮށްފައިވާ ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!