ނަޝީދަށް ދިން ހަމަލާގައި އެމްއެންޑީއެފްގެ ބައިވެރިވުމެއް ވާނެ ކަމަށް ޤަބޫލެއް ނުކުރަން: ޝަމާލް
ރައީސް މުޙައްމަދު ނަޝީދަށް ރޭ ދިން ހަމަލައިގައި އެމްއެންޑީއެފްގެ ބައިވެރިވުމެއް ވާނެ ކަމަށް ޤަބޫލެއް ނުކުރައްވާކަމަށް ޗީޕް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިރޭ އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވީ މިކަމުގައި އެމްއެންޑީއެފްގެ އަތެއް ވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އިންވެންސްޓިގޭޝަން ކުރިޔަށް ދާނީ އެ ބޭފުޅުންގެ ވެސް އެހީތެރިކަމާއެކުގައި ކަމަށެވެ.
"އެމްއެންޑީއެފްގެ އެއްވެސް އަތެއް މިކަމުގައި ވާނެ ކަމަށް ގަބޫލެއް ނުކުރަން. އިންވެސްޓިގޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ ވެސް އެކު."
ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ތެރެއިން އެ ކަހަލަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި، އެ ކަހަލަ އިންޑިކޭޝަނެއް ވެސް ނެތް ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
ސައިކަލެއް ގޮއްވާލައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަމުންދާ ރައީސް ނަޝީދުގެ ދަރިކަނބަލުން ، މީރާ ވިދާޅުވެފައި ވަނީ މި ހަމަލާއަކީ "އެތެރޭގެ ކަމެއް" ކަމަށާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް އިތުބާރު ނުކުރައްވާ ކަމަށެވެ.
ޒަކަރިއްޔާމަންސޫރު އަޅުގަނޑުގެ ސުވާލަކީ
ކުރީގެ ރައީސް އަބުދުއްﷲޔާމީންއަބުދުލްގައްޔޫމު
އަވަހާރަކޮއްލަންއިސްކޮއްއުޅުނީކޮންބައެއްތޯ؟
އެމީހުންކޮބައިތޯ؟ އިސްކޮންތިބިމީހުން މިހާރު
ތިބީކޮންތާކުތޯ؟ޖަލުގަތޯ؟ ނުވަތަގޭގަތޯ؟
ނަގޫފިތިފަތިއްބަކަސްގައުމުސަލާމަތެއްނުވާނެ
މާތްވެގެންވާއިސްލާމްދީނާ ދިވެހިންގެ މިއަގު
ބޮނޑުފަސްގަނޑު ހިމާޔަތްކޮއްދެއްވިއްޔާމާރަގަޅުވާ
ނެނޫންތޯ؟