ކޮވިޑް-19 ޖެހިގެން ރާއްޖެއިން 83 ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 83 ވަނަ މީހަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އެ އަންހެން މީހާއަކީ ހަރަކާތް ހުއްޓިގެން އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެނެވުނު މީހެއް ކަމަށާއި އޭނާ ނިޔާވެއްޖެ ކަމަށް ކަނޑައެޅީ ރޭ 11:15 ގައި ކަމަށެވެ.
ފާއިތުވީ 48 ގަޑިއިރު ތެރޭގައި ރާއްޖެއިން 9 މީހުން ވަނީ މި ބަލި ޖެހިގެން ނިޔާވެފައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون