ޚަބަރު

ހޮސްޕިޓަލަށް ގެންދެވުނު އިރު ރައީސް ނަޝީދުގެ ހަށިކޮޅުގެ އެކި ތަންތަނުން ލޭ އަންނަމުން ދިޔަ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުން ހޮސްޕިޓަލަށް ގެނެވުނު އިރު އެމަނިކުފާނުގެ ހަށިކޮޅުގެ އެކިތަންތަނުން ލޭ އަންނަމުން ދިޔަ ކަމަށް އޭޑީކޭއިން ހާމަ ކޮށްފިއެވެ.

Ads by MWSC

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ.އަލީ ނިޔާފް ވިދާޅުވީ އެންމެ ފުރަތަމަ ރައީސް ނަޝީދު އޭޑީކޭއަށް ގެނެވުނީ 8:30ހާއިރު ކަމަށާއި އެވަގުތުން ފެށިގެން އެމަނިކުފާނަށް އީއާރުގައި ފަރުވާ ދޭން ފެށުނު ކަމަށެވެ.

އެންމެ ފުރަތަމަ ނަޝީދުއަށް ފަރުވާ ދީފައި ވަނީ ޗީފް ހެލްތް އޮފިސަރ ޑރ. އަބްދުﷲ ނިޔާފްއާ، ހޭނައްތާ ޑޮކްޓަރު ޑރ. ދުސޫމާ އަބްދުލް ރައްޒާގާއި އޮޕަރޭޝަން ޑޮކްޓަރު ޑރ. އަހުމަދު ނިޝާންއެވެ.

ޑރ.ދުސޫމާ ވިދާޅުވީ ވަނީ ކޮންޝަސް ލެވެލް ހުރި މިންވަރު ބަލާލަން ފުރަތަމަ ރައީސް ނަޝީދުއާ އެކިއެކި ސުވާލު ކުރެއްވި ކަމަށާއި ހުރިހާ ސުވާލަކަށް ވެސް ރަނގަޅަށް ޖަވާބު ދެއްވުމުން ކޮންޝަސް ލެވެލް ރަނގަޅު ކަމަށް ނިންމެވި ކަމަށެވެ. އެއަށްފަހު ރައީސް ނަޝީދުގެ ޕްރައިމަރީ ސާވޭއެއް ހަދައި ބެލިއިރު ހަށިގަނޑުގެ އެކިތަންތަނުން ލޭ އަންނަކަން ފާހަގަވި ކަމަށާއި އެންމެ ރަނގަޅު ގޮތަކަށް ފެނުނީ އޮޕަރޭޝަން ތިއޭޓަރަށް ބަދަލު ކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ޑރ.ނިޔާފް ވިދާޅުވީ ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދެވުނުތާ 10 މިނެޓު ތެރޭގައި އެމަނިކުފާނު އޮޕަރޭޝަން ތިއޭޓަރަށް ބަދަލު ކުރެވުނު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!